ދުނިޔެ ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި އުޅޭ 30000 މީހުން ބޭރުކޮށްލުމަށް އިޒްރޭލުން މަސައްކަތް ފަށައިފި.

ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި އުޅޭ 30000 މީހުން ބޭރުކޮށްލުމަށް އިޒްރޭލުން މަސައްކަތް ފަށައިފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސާލިމް

ފާއިތުވިދިޔަ ފަސްއަހަރު ދުވަހުގެ ތެރޭ އިޒްރޭލުން ފޭރިގެންފައިވާ ފަލަސްޠީނުގެ ބިންތަކުގައި އުޅޭ 30000 މީހުން އެ ބިންތަކުން ބޭރުކޮށްލުމަށް އިޒްރޭލުން މަސައްކަތް ފަށައިފިއެވެ.

އިޒްރޭލްގެ، އިޒްރޭލް ޑެއިލީ ހާރެޓްޒް ނޫހުން ބުނާ ގޮތުގައި، ސަރުކާރުން މި ނިންމުން ނިންމާފައިވަނީ ގޯލްޑަ ބާގް ކޮމިޓީން ދިން ލަފަޔާ އެއްގޮތަށެވެ. އަދި ކުރިޔަށް މިއޮތް ދެތިން ހަފްތާއެއް ތެރޭ މި ކަމާމެދު އިޒްރޭލުގެ ކެބިނެޓުގައި ވޯޓަށް އެހޭނެކަމަށް  ހާރެޓްޒް ނޫހާ ހަވާލާދީ ޕްރެސް ޓީވީން ހާމަކުރެއެވެ.

ގޯލްޑް ބާގް ކޮމިޓީއަކީ، އިޒްރޭލުން ފޭރިގަންނަ ބިންތަކުގައި އުޅޭ ފަލަސްޠީނުގެ މީހުން ނެގެވް އަވަށުގައި އާބާދުކުރުމަށް މަޝްވަރާ ހޯދުމަށްޓަކައި އިޒްރޭލުން އުފައްދާފައިވާ ކޮމިޓީއެކެވެ.

އިޒްރޭލުގެ މި ނިންމުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި، ފަލަސްޠިނާއި، އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ބައެއް ޖަމާއަތް ތަކުގެ މަންދޫބުން މި ހަފްތާ ބަންދުގައި ، ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އިޒްރޭލުން ފަލަސްޠީނުގެ މީސްތަކުން ބޭރުކުރުމަށް ނިންމައިފި ނަމަ އެކަމާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް އެ ހިސާބުގައި ދިރިއުޅޭ ފަލަސްޠީނުގެ މީހުން ދަނީ ބުނަމުންނެވެ.

ޓެގް

އަރަބި ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.