އެމެރިކާ ކެލިފޯނިއާއަށް 7.2 ގެ ބިންހެލުމެއް އަތުވެއްޖެ

ކެލިފޯނިއާއަށް 7.2 ގެ ބިންހެލުމެއް އަތުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

އެމެރިކާގެ ކެލިފޯނިއާއަށް 7.2ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި އައި ބާރުގަދަ މިބިންހެލުމުގައި މިހާތަނަށް މަރުވެފައިވާކަން ރިޕޯޓްކޮށްފައިވަނީ އެންމެ މީހެއްކަމަށް ކެލިފޯނިއާގެ ސްޓޭޓް ސިވިލް ޕްރޮޓެކްޝަންގެ ޑައިރެކްޓާރ އާއި ހަވާލާދީ ނޫސްތަކުން ހަބަރުދެއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ގޭތެރޭގައި ބަންދުވެފައިވާކަމަށާއި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ޓީމުތަކުން ހަރަކާތްތެރިވާން ފަށާފައިވާކަމަށްވެސް ހަބަރުތަކުން ބުނެއެވެ.

ބިންހެލުމުގެ ސަބަބުން ސަހަރުގެ ބައެއް އިމާރާތްތަކާއި ބައެއް ފައްޅިތައް ބިމާ ހަމަވެ ބައެއް ތަންތަނަށް އެކިވަރުގެ ގެއްލުންތައް ވެފައިވާކަމަށް އެމެރިކާގެ ނޫސްތަކުންދަނީ ބުނަމުންނެވެ. ބިންހެލުމުގެ ސަބަބުން 'ހެއިޓީ އަށާއި ޗިލީ' އަށް ދިމާވެފައިވާވަރުގެ ގެއްލުމެއް ލިބިފައި ނެތަސް ގިނަ ސަރަހައްދުތަކުން ކަރަންޓާއި ފޯނުގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ.

ކެލިފޯނިއާގެ ގިނަ ހިސާބުތަކަށް މިބިންހެލުމުގެ އަސަރުކޮށްފައިވާކަމަށް ރިޕޯޓްތަކުން ބުނެއެވެ. އެންމެ 40 ސިކުންތުގެ ތެރޭގައި އައި މިބިންހެލުމުގެ އަސަރު 20 މިލިއަން މީހުންނަށް ކޮށްފައިވާކަމަށް މިހާތަނަށްވަނީ ކަށަވަރު ކުރެވިފައެވެ. 'ސަންޑޭ'ގެ ހިތްހަމަޖެހުމުގައި ކުރިމަތިވި ބާރުގަދަ މިބިންހެލުމުގެ ސަބަބުން ކެލިފޯނިއާގެ ރައްޔިތުންނަށްދަނީ ތަފާތު ގޮތްގޮތުން ގެއްލުންތަކާއި ކުރިމަތިވަމުންނެވެ.

ޓެގް

ބިންހެލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.