ސައިންސާއި ޓެކް އައިޕެޑް އީޖާދުކުރާ ކާރުހާނާއެއްގައި ގޮވުމެއްގޮވައިފި

އައިޕެޑް އީޖާދުކުރާ ކާރުހާނާއެއްގައި ގޮވުމެއްގޮވައިފި

އައިޕެޑް އީޖާދުކުރާ ކާރުހާނާއެއްގައި ގޮވުމެއްގޮވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ޓައިވާނުގެ ކޮންޕެނީއެއްކަމަށްވާ ފޮކްސްކޮން ގައި އިއްޔެ އެއްޗެއްގޮވައިފިއެވެ. މިކާރުހާނާއަކީ އެޕްލްގެ އައިޕެޑް އެސެމްބްލް ކުރާ ކާރުހާނާއެކެވެ. މިހާދިސާ ހިންގިވަގުތު އެތައްސަތޭކަ ބަޔަކު މިއިމާރާތުގައި މަސައްކަތް ކުރަމުން ދިއައެވެ. 2 މީހުންމަރުވެ 16 މީހުން ޒަހަމްވެފައިވާއިރު މިމީހުންގެ ތެރެއިން ތިންމީހުންގެ ހާލު ވަރަށް ސީރިއަސްކަމަށް ޙަބަރުތަށް ބުނެއެވެ. އިމާރާތުގެ ތެރެއިން މިގޮވުން ގޮވަން ދިމާވި ސަބަބެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
މިކަމާއި ގުޅޭގޮތުން އެޕަލް ކުންފުނިން ނެރެފައިވާ ނޫސްބަޔާނުގައިވަނީ މިހާދިސާއާއި ގުޅިގެން ގެއްލުން ލިބުނު އާއިލާތަކާއި އެކު އެޕަލްވާކަމަށާއި އެހިތާމައިގައި އެޕަލްއިން ބައިވެރިވާކަމަށާއި އަދި މިހާރު ފޮކްސްކޮންއާއި ގުޅިގެން މިހާދިސާ ހިންގަން މެދުވެރިވި ސަބަބު ބަލަމުން ދާކަމަށެވެ.
ފޮކްސޮކޮން އަކީ އެޕަލްގެ މެކްބުކް، އައިމެކް، އައިފޯން، އައިޕެޑް، އައިޕޮޑްފަދަ ހުރިހާ ބާވަތްތަށް އުފައްދާ ކުންފުންޏެކެވެ. މިހާދިސާއާއި ގުޅިގެން އެޕަލްގެ ސިޕްމެންޓް ތަށް ޑިލޭވެދާނެކަމަށް ދިރާސާކުރާ ފަރާތްކުން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.