ދުނިޔެ ލީބިޔާގެ ތެލާ ބެހޭ ވަޒީރު އިސްތިއުފާ ދެއްވައިފި.

ލީބިޔާގެ ތެލާ ބެހޭ ވަޒީރު އިސްތިއުފާ ދެއްވައިފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސާލިމް

ލީބިޔާގެ ތެލާ ބެހޭ ވަޒީރު، ޝޮކްރީ ގަނެމް އިސްތިއުފާ ދެއްވުމަށްފަހު އަވަށްޓެރި ތޫނިސްއަށް ވަޑައިގެންފައިވާކަމުގެ ރިޕޯޓުތައް ލިބިފައިވާކަމަށް އަލްޖަޒީރާ ޚަބަރު ދީފިއެވެ.

ބޯޑާ ގާޑަކާ ހަވާލާ ދީ އަލްޖަޒީރާއިން ހާމަކޮށްފައި ވާގޮތުގައި ޝޮކްރީ، މީގެ ދެދުވަސް ކުރިން ވަނީ ބޯޑަރު ހުރަސްކޮށް ތޫނިސްއަށް އެތެރެވެފައެވެ. އަދި އޭނާ މީގެ ކުރިންވެސް ތޫނިސްއަށް ދާން މަސައްކަތް ކުރިކަމަށް އަލްޖްޒީރާއިން ވަނީ ހާމަކޮށްފައެވެ.

ޝޮކްރީ ގަނެމް އަކީ ލީބިޔާގެ ނޭޝަނަލް އޮއިލް ކޯޕަރޭޝަންގެ ޗެއާމަންކަންވެސް މީގެ ކުރިން ކުރަށްވާފައިވާ ބޭފުޅެކެވެ. އަދި އޭގެ ފަހުން 2006 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ތެލާ ބެހޭ ވަޒީރުކަންވެސް ކުރައްވާފައެވެ. 41.5 ބިލިއަން ފީފާގެ ތެލާއެކު، ލީބިޔާ އަކީ އެފްރިކާގެ ޤައުމުތަކުގެ ތެރެއިން، އެންމެ ބޮޑު ތެލުގެ ރިޒާވެއް އޮންނަ ޤައުމެވެ.

ޝޮކްރީ ގަނެމްގެ އިސްތިއުފާ ޔަޤީންވެއްޖެނަމަ، އޭނާ ވެގެން ދާނީ ލީބިޔާގައި ކުރަންފެށި މުޒާހަރާތަކަށްފަހު އިސްތިއުފާ ދެއްވާ 4 ވަނަ ވަޒީރަށެވެ. މީގެ ކުރިން ލީބިޔާގެ ހާރިޖީ ވަޒީރު، މޫސާ ކައުސާއާއި، އިންޓީރިއާ މިނިސްޓާ އަބްދުލް ފައްތާހް ޔޫނުސްގެ އިތުރުން، ޖަސްޓިސް މިނިސްޓާ މުސްތަފާ އަބްދުލް ޖަލީލިވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ޓެގް

މުޒާހަރާ އަރަބި ސަރުކާރު އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.