ރާއްޖޭގެ ޚަބަރު ނަރަކައިގައި އަންހެނުން ގިނަވާނެކަމުގައި އައިސްފައިވާ ޙަދީޘްފުޅުތަކީ ވަޢީދުގެ ޙައްޤު ތެދު ބަސްފުޅުތަކެއް ކަމުގައި އިސްލާމިކު އެފެއަރޒުގެ ސުޓޭޓް މިނިސްޓަރަ ވިދާޅުވެއްޖެ

ނަރަކައިގައި އަންހެނުން ގިނަވާނެކަމުގައި އައިސްފައިވާ ޙަދީޘްފުޅުތަކީ ވަޢީދުގެ ޙައްޤު ތެދު ބަސްފުޅުތަކެއް ކަމުގައި އިސްލާމިކު އެފެއަރޒުގެ ސުޓޭޓް މިނިސްޓަރަ ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން

ނަރަކައިގައި އަންހެނުން ގިނަވާނެކަމުގައި އައިސްފައިވާ ޙަދީޘްފުޅުތަކީ ވަޢީދުގެ ޙައްޤު ތެދު ބަސްފުޅުތަކެއް ކަމުގައި، އިސްލާމިކު އެފެއަރޒުގެ ސްޓޭޓް މިނިސްޓަރަ އަދި ޢަދާލަތު ޕާޓީގެ އިސްތަރުޖަމާން އައްޝައިޚް މުޙައްމަދު ޝަހީމު އަލީ ސަޢީދު ހާމަކުރައްވައިފިއެވެ.

އައްޝައިޚް މުޙައްމަދު ޝަހީމު އަލީ ސަޢީދު މިހެން ހާމަކުރައްވާފައިވަނީ ޢަދާލަތު ޕާޓީގެ ރަސްމީ ވެބުސައިތްގައި "ނަރަކައިއާއި ސުވަރުގެއަކީ ވަކިޖިންސަކަށް ޚާއްޞަކުރެވިފައިވާ ތަނެއްބާ؟" މިސުރުޙީގެ ދަށުން ޝާޢީކޮށްފައިވާ ލިޔުމެއްގައެވެ.

ޝަހީމު މިހެން ހާމަކުރައްވަމުން އިތުރަށް ވިދާޅުވެފައިވަނީ  'ނަރަކައިގައި އަންހެނުން ގިނަވާނެކަމުގައި އައިސްފައިވާ ޙަދީޘްފުޅުތަކީ ވަޢީދުގެ ޙައްޤު ތެދު ބަސްފުޅުތަކެއްކަމަށާއި، އަދި ފަހަރެއްގައި ވެސް އަންހެނުން އެއީ ހަމަ އަންހެނުންނަށްވީތީވެ ނަރަކަވައްދަވާނޭކަމަށް އައިސްފައިވާ ބަސްފުޅުތަކެއްނޫނެވެ. ހެޔޮޢަމަލުކުރުމަށް ހިއްވަރު ދެއްވުމުގެ ގޮތުން އައިސްފައިވާ ބަސްފުޅުތަކެއްކަމަށް' މިލިޔުމުގައި ހާމަކުރައްވާފައިވެއެވެ.  'ދުލުން ލަޢުނަތުގެ ބަސްތައް ގިނަކުރުމާއި ފިރިމީހާ ކޮށްދޭ ކަންކަމުގެ އަގުވަޒަން ނުކުރުމަކީ އަންހެނުންގެ ގިނަބަޔަކު ނަރަކައަށް ވަންނާނެ ސަބަބެއްކަމުގައި ބަޔާންކުރައްވައި އެފާފައިން ދުރުވުމަށް ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ  ބަޔާންކުރައްވާފައިވާ ކަމަށް' ޝަހީމުވިދާޅުވިއެވެ.

ޝަހީމުގެ ލިޔުމުގައި އިތުރަށް ވިދާޅުވެފައިވަނީ ސުވަރުގެއާއި ނަރަކައަށް ވަނުމުގެ ފާލަން އެޅިފައިވަނީ މީހާގެ ޖިންސަށް ބަލައިގެން ނޫންކަމާއި، މީހާކުރާ ޢަމަލުގެ މަތީގައި އޮޅުމެއްނެތި ސާފުކޮށް އެނގޭކަމަށް ޝަހީމުގެ ލިޔުމުގައި އަލިއަޅުވާލައިފައިވެއެވެ.

ޝަހީމްގެ ލިޔުން ވިދާޅުވޭ...

ޓެގް

އަދާލަތު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.