ރާއްޖޭގެ ޚަބަރު ‘އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް’ ގޮވާލާ އެއްވުން ބާއްވައިފި

‘އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް’ ގޮވާލާ އެއްވުން ބާއްވައިފި

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ސުނާމީ ބިނާކައިރީގައި ކުރިއަށްދާ އެއްވުން. ފޮޓޯ: އަފްރާހް/ދިއިސްލާމް

'އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް' ގޮވާލާ އެއްވުން ފެށިއްޖެއެވެ.

އަދާލަތު ޕާޓީއިން އިސްނަގައިގެން ކުރިއަށް ގެންދާ އެއްވުން ފެށިފައިވަނީ ހަވިރު 4:20 ގައެވެ. އެއްވުން ފެށުނީ ޤުރުއާނުގެ ބަރަކާތުންނެވެ. އެއަށްފަހު އެއްވުމުގެ ތައާރަފް ކޮށްދިނީ މަދަނީ އިއްތިހާދުގެ ކޯޑިނޭޓަރު ޢަބްދުﷲ އެވެ. މިއެއްވުމުގައި ބައެއް ޕާޓީތަކުން ނުރަސްމީކޮށް ބައިވެރިވާއިރު ޖަމިއްޔާތަކުގެ އިއްތިހާދުންވެސް ވަނީ މިއެއްވުމުގައި ރަސްމީކޮށް ބައިވެރިވެފައެވެ. އެއްވުމަށް ވަރަށް ގިނަ ބަޔަކު ވަނީ ހާޒިރުވެފައެވެ. ސުނާމީ ބިނާ ސަރަހައްދުގައި ކުރިއަށްދާ މިއެއްވުމުގައި ހުރިހާ ދާއިރާތަކުގެ ބޭފުޅުން ދަނީ ބައިވެރިވަމުންނެވެ.  ބެނާތަކާއި ބޯޑްތައް ހިފައިގެން ތިބި ރައްޔިތުންގެ ޝުއޫރުތައް ފާޅުކުރަމުންދަނި "ﷲ އަކްބަރު" އަޑުންނެވެ. އެއްވެފައިވާ ބޭފުޅުންތިބީ ދިވެހި ދިދަ ހިފައިގެންނެވެ.

4.30

ޝެއިހް އަހުމަދު މޫސާ ވާހަކަ ދައްކަވަނީ. ޝެއިހްގެ ވާހަކައިގައި ޤުރުއާނުގައި ވަހީކުރައްވާފައިވަނީ 'ނަފްސަކަށް ނަފްސެއް ހިފުން' ކަމަށެވެ.

4.32

އަސަދުﷲ ޝާފީ ވާހަކަފުޅު ދައްކައަށްފަހު މަޖިލިސް މެމްބަރު މަހުލޫފު ވާހަކަ ދައްކަވަނީ. އަސަދުﷲގެ ވާހަކައިގައި "ސައްތައިންސައްތަ އިސްލާމީ ޤައުމެއްގައި އިސްލާމީޝަރީޢާ ތަންފީޒުކުރުމަށް ގޮވާލުމަށް ރައްޔިތުން ނުކުންނަން ޖެހުމަކީ ސުވާލު އުފެދޭކަމެއްކަމަށް " ވިދާޅިވިއެވެ.

4.35

ދެން ވާހަކަ ދެއްކެވީ މަޖިލިސް މެމްބަރު މަހުލޫފު.

މަހުލޫފުގެ ވާހައިގައި މަޖިލިސް މެދުވެރިކޮށް އިސްލާމީ ޝަރީއަތުގެ ބިލް ފާސްކުރުމަށް ވެވެން އޮތް މަސައްކަތެއް މަޖިލިސް މެދުވެރިކޮށް ކުރާނެކަމަށެވެ. މަޖިލިސް ތެރޭގައި ބައެއް ބޭފުޅުން އިސްލާމީ ޝަރީއަތް ޤާއިމް ކުރުމަކީ 'ވަރަށް ކަޑަ' ކަމެއްކަމަށް ބުނެފައިވާކަމަށެވެ.

4.40

ދެން ވާހަކަ ދެއްކެވީ ލޯޔަރެއްމުގައިވާ ޝަހީމުއެވެ.  ޝަހީމުގެ ވާހައިގައި އިސްލާމީ ޝަރީއަތް ރާއްޖޭގައި އޮތް ގޮތުގެ މައްޗަށް ތާރީހީގޮތުން އަލިއަޅުވާލެއްވިއެވެ. ޝަހީމު ވިދާޅުވީ، ކުރިން އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމުން ކުށް މަދުވެގެން ދިޔަ ކަމަށާއި ރާއްޖޭގައި އެޝަރީއަތް ތަންފީޒު ކުރުމަށެވެ. ޝަހިމުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ މިއެއްވުމަށް އައި މަގުމަތީގައި މީހަކާއި ދިމާވިކަމަށާއި އެނާ ބުނީ "ރާއްޖޭގެ އެންމެންގެ އަތްކަނޑަންށޭ ޖެހޭނީ އިސްލާމީ ޝަރީއަތް ގެނައުމުން." ޝަހީމު ޖަވާބުގައި ވިދާޅުވީ ރާއްޖޭގެ އެންމެން ނަކީ ވަގުން ނޫންކަމަށެވެ.

ު

5.14

ޑރ މައުރޫފު ވާހަކަ ދައްކަވަނީ. ޑރ ގެ ވާހަކައިގައި އެމެރިކާގައި މަރުގެ ހުކުމް ތަންފީޒު ކުރާ ކަމަށާއި ރާއްޖޭގައި އެކަން ނުކުރަންވީ ކީއްވެތޯ ސުވާލުކުރެއްވިއެވެ.

ަމައުރޫފު އިތުރަށް ވިދާޅުވީ 16 ގައުމެއްގައި މަރުގެ ހުކުމް ތަންފީޒު ކުރާ ކަމަށެވެ. އަދި އެ.މެރިކާގައި މިދިޔަ އަހަރު 56 މީހުން މަރާފައިވާ ކަމަށާއި އެއީ ސައުދީއަށް ވުރެ ގިނަ އަދަދެއްކަމަށެވެ

5.24

މަޖިލިސް މެމްބަރު މުއްތަލިބު ވާހަކަ ދައްކަވަނީ. މުއްތަލިބަކީ އިސްލާމީ ޝަރީއަތުގެ ބިލް މަޖިލީހަށް ވެއްދެވި މެމްބަރެވެ. މުއްތަލިބު ވިދާޅުވީ އިސްލާމީ ޝަރީއަތުގެ ބިލް ފާސްކުރުމަށް މަސައްކަތް ކުރާނެކަމަށާއި ހިއުމަން ރައިޓްސްގެ ޤާނޫނު އިސްލާހު ކުރުމަށް ވެސް މަސައްކަތްކުރާނެކަމަށެވެ.

5.25

އިސްލާމިކް މިނިސްޓާރ ޑރ މަޖީދު ވާހަކަ ދައްކަވަނީ. ޑރ މަޖީދުގެ ވާހަކައިގެ ޝަރީއަތާއި ބެހޭ ހުރިހާ މުއައްސަސާތަކަށް އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް އިލްތިމާސް ކުރާކަމަށާއި ސައުދީގައިވެސް ހާންދާނުގެ ތެރޭގައި އަތް ކަނޑަން ޖެހުނުން އެކަން ކުރިކަމަށެވެ.

5.30

މަޖިލިސް މެމްބަރު ނިހާނު ވާހަކަ ދައްކަވަނީ. ނިހާނުގެ ވާހަކައިގައި މަޖިލިހަށް އިސްލާމީ ޝަރީއަތުގެ ބިލް ވެއްދުމުން ބަޔަކު ވަނީ ދެ ފަހަރެއްގެ މަތީން އެބިލް ބޭރުކޮށްފައިކަމަށެވެ. އަދި އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ މީހުން އިސްލާމި ޝަރީއަތުގެ ބިލް ހުށައެޅުމަށް ތާއީދު ކުރި މެމްބަރުންނަސް ޖެއްސުން ކުރަމުންދާކަމަށެވެ.

5.33

ކުރީގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝެއިހް ޝަހީމު ވާހަކަ ދައްކަވަނ. ޝެއިހް ވާހަކައިގައި މިތަނުގައި އިވެމުން މިދަނީ ދިވެހި ރައްޔިތުންގެ އަޑުކަމަށާއި ގިސާސް ހިފުމުގައި ދިރުމެއް ވާކަމަށް ޤުރުއާނުގެ އަލީގައި ވިދާޅުވިއެވެ. އިސްލާމީ ޝަރީއަތަށް ފުރައްސާރަނުކުރުމަށާއި މަޖިލީހުގެ މެމްބަރުންނަށް ގޮވާލާފައިވަނީ އިސްލާމީ ޝަރީއަތުގެ ބިލަށް ވޯޓު ނުލާ މީހުންނާއި ދެކޮޅަށް ވޯޓު ލާ މީހުންވެސް ދީނުން ބޭރުވާނެކަމަށެވެ. އަދި ޝެއިހް ވިދާޅުވީ "ރާމާ މަކުނުތައް ބޯކިބާ ބަހަމުން ދިޔައިރު ދެންތިބި މަކުނުތައް ބަލަހައްޓައިގެން ތިބިގޮތައް ދެން ބަލަހައްތައިގެން ނުތިބޭނެ"ކަމަށެވެ.

5.41

ޝެއިހް ޝަމީމް ވާހަކަ ދައްކަވަނި.

ޝެއިހް ޝަމީމު ވިދާޅުވެފައިވަނީ އަނިޔާވެރިންނަކީ ހަމައެކަނި ކަޓާރުއަޅާ މީހުން ނޫންކަމަށާއި އަނިޔާވެރިންނަކީ މާތްﷲގެ ހުކުމް ތަންފީޒު ނުކުރާ މީހުންކަމަށެވެ.

4.47

ޝެއިހް އިލްޔާސް ވާހަކަ ދައްކަވަނީ.

އިސްލާމް ދީނަކީ ހުރިހާ ޒަމާނަކަށް ސުލްހަވެގެންވާ ދީންކަމަށާއި އާދާވަތްތެރިންވެސް ހަޤީޤަތް ގަބޫލުކުރާކަމަށް ޝެއިހް އިލްޔާސް ވިދާޅުވިއެވެ. ބައެއް މިހުންނަށް އިސްލާމި ޝަރީއަތް ތަންފީޒު ކުރަންވީމާ މިޤައުމުގެ ގާޒީ ކަމުނުދާ ކަމަށާއި އަމިއްލަ ފައިސާތައް ހޯދަންވިމާ އެޤާޒީން ކައިރިއަށް ގޮސް ހަދާކަމަށެވެ. އެއީ ކީއްވެތޯ ސުވާލުކުރެއްވިއެވެ. ޤުރުއާނުގެ އަލީގައި ޝެއިހް އިލްޔާސް ވިދާޅުވީ ޤުރުއާނުގައި ކަނޑައަޅާފައިވާކަމެއް އަމިއްލަ ހިޔާލަށް ވާހަކަ ނުދެއްކެވޭމެކަމަށެވެ. ތިމަންނަ ދެކޭ ގޮތްކަމަށް ބުނެ ވާހަކަ ނުދެއްކޭނެ ކަމަށެވެ. އަދަބުވެރިކަމާއި އެކު އެކަތިގަނޑަކަށް ވުމަށް ގޮވާލެއްވިއެވެ. އަދި އަސަރުގަދަ ދުއާއަކަށް ފަހު ޝެއިހްގެ ވާހަކަ ނިންމަވާލެއްވިއެވެ.

6.00

އެއްވުން ނިންމާލައިފި. 'އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް' ގޮވާލާ އެއްވުމުގައި  ގިނަ އަދަދެއްގެ ރައްޔިތުންވަނީ ބައިވެރިވެފައެވެ.މިއެއްވުން ބާއްވާފައިވަނީ "ޙައްލަކީ އިސްލާމީ ޝަރީޢަތް ގާއިމްކުރުން" މިޝިޔާރުގެ ދަށުންނެވެ.

ނޯޓް: މިއެއްވުމުގެ ފޮޓޯ އާއި ވީޑިއޯ ދިއިސްލާމް އިން ނަގަމުންދާ ވާހަކަ ތިޔަ ކިޔުންތެރިންގެ މައުލުމާތަށްތަކައި ދަންނަވަމެވެ. 9 ބުރީގެ އިމާރާތެއް މަތިންނާއި އެއްވުން ކުރިއަށްދާ ހިސާބުން ވީޑިއޯ ކުރަމުންދާއިރު ފޮޓޯތައް ވީހާވެސް ކައިރިން ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެހެންކަމުން އިންޝާﷲ ވީހާވެސް އަވަހަށް ފޮޓޯތަކާއި ވީޑިއޯ ގެނެސްދެވޭނެއެވެ.

ޓެގް

މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.