ދުނިޔެ ރަފަހަ ބޯޑަރު ދާއިމީ ގޮތަކަށް ހުޅުވާލުމަށް މިސްރުން ތައްޔާރުވަނީ!

ރަފަހަ ބޯޑަރު ދާއިމީ ގޮތަކަށް ހުޅުވާލުމަށް މިސްރުން ތައްޔާރުވަނީ!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސާލިމް

ގައްޒާއާއި، މިސްރު ގުޅޭ ރަފަހަ ބޯޑަރު ދާއިމީކޮށް ހުޅުވާލުމަށް މިސްރުން ތައްޔާރުވަމުން އެބަދެއެވެ. ޚަބަރު ލިބެމުންދާ ގޮތުގައި ރަފަހަ ބޯޑަރުން މީހުންނަށް ދަތުރުކުރެވުމުގެ އިތުރުން ކާނާވެސް އެތެރެކުރުމުގެ ދޮރު ހުޅުވާލެވިގެން ދާނެއެވެ.

އަލް ޖަޒީރާއަށް އިއްޔެ ދެއްވި ބަސްދީގަތުމެއްގައި، މިސްރުގެ ހާރިޖީ ވަޒީރު، ނަބީލު އަލް އަރަބީ ވިދާޅުވެފައިވަނީ، ކުރިޔަށް މިއޮތް ދިހަވަރަކަށް ދުވަހުގެ ތެރޭ ރަފަހަ ބޯޑަރު އާންމުންނަށް ހުޅުވާލާނެކަމަށެވެ. އަރަބީ އިތުރަށް ހާމަކުރެއްވި ގޮތުގައި، މިސްރުން އެގޮތަށް ނިންމީ، ފަލަސްޠީނުގައި ތިބި ނިކަމެތި މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުންނެވެ.

2007 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ގައްޒާ ވަނީ އިޒްރޭލުން ހިޞާރުކޮށްފައެވެ. އަދި، ދިރި ތިބުމަށްޓަކައި ބޭނުންވާ ކާނާފަދަ ތަކެތިވެސް ގައްޒާގެ ރައްޔިތުން ހޯދަމުން ދިޔައީ، ބިންގަރާސްތައް ހަދައިގެން އެ ތަންތަނުގެ އެހީގައި ގައްޒާއަށް އެތެރެކޮށްގެންނެވެ.

މިސްރުން މި ގޮތަށް ނިންމި އިރު، ފަލަސްޠީނުގެ ހަމާސް ޖަމާއަތާއި، ފަތަހަ ޖަމާއަތުން މިހާރު ވަނީ އެއްބަސް ވުމަކަށްވެސް އައިސްފައެވެ. 2006 ވަނަ އަހަރު ހަމާސުން އާންމު އިންތިހާބު ކާމިޔާބު ކުރި ފަހުން މި ދެ ޖަމާއަތުގެ ދެމެދުގައިވެސް ވަނީ ސިޔާސީ ބޮޑު ކޯޅުންގަނޑެއް އުފެދިފައެވެ.

ޓެގް

ދީން މިސްރު ސަރުކާރު އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.