ލިނަކްސްގެ ޑިސްޓްރިބިއުޝަން އުބުންޓޫއަކީ އޯޕަންސޯސް އޮޕަރޭޓިންގްސިސްޓަމްގެ ތެރެއިން އެންމެ މަޝްހޫރު އޯއެސްއެވެ. އޭޕްރީލް 28 ގައި ނުކުންނަން ހަމަ ޖެހިފައިވާ (ނޭޓީނާރވެލް : ކޯޓް ނޭމް) 11.4 ގެ ބީޓަރ ވާރސަން އުބުންޓޫ ސައިޓުން www.ubuntu.com ހިލޭ ޑައުންލޯޑްކުރެވެން މިހާރު ހުންނާނެއެވެ. ފުރިހަމަ ވާރސަން ނުކުތުމުގެ ކުރިން ބީޓަރ ވާޝަންގެއަޖުމަބަލާލުން ބުއްދިވެރިއެވެ. މިފަހަރު ގެ ވާޝަންގައިވެސް ބޭނުން ކުރާމިހުންނާއި ރަހްމަތް ތެރި އެތަކެއް އާފިޗާރސް ތަކެއްވަނީ ހިމަނާފައެވެ.
އުބުންޓޫ އަކީ ބޭނުންކުރަންފަސޭހަ، އެތަށް ހާސް ހިލޭ ޕްރޮގްރާމްތަށް އަޅާލެވޭ، އަދި ކޮންޕިއުޓަރ އަށް އިންސްޓާލް ނުކޮއްވެސް ސީޑީމެދުވެރިކޮއް އުބުންޓޫގެއަޖުމަ ބަލާލެވިދާނެ އޯއެސް އެކެވެ. ކޮންޕިއުޓަރ، ނެޓްބުކް އަދި ސާރވާތަކަށްހާއްސަ ވާސަންތަށްވާއިރު އޭ އާރ އެމް ޕްރޮސެސަރ ތަކަށްވެސް އުބުންޓޫ ބޭނުންކުރެވެއެވެ. ބަލާލަން ޗާލު މި އޯއެސް ދުނިޔޭގެ އެކި ކަންކޮލުތަކުގައި ގާތްގަނޑަކަށް12 މިލިޔަނަށްވުރެ ގިނަމީހުން ބޭނުން ކުރާކަމަށް ދިރާސާތަކުން ދައްކައެވެ.
އުބުންޓޫގެ ޑެސްޓޮޕާއި ލޭއައުޓް އެކީ ދިވެހި ބަހަށް ބަދަލް ކުރެވޭނެއެވެ.އަދި އޮފީސް ޕެކޭޖް ކަހަލަ ޕްރޮގްރާމްތަށްވެސް ދިވެހިބަހަށް ބަދަލު ކުރުމުގެ މަސައްކަތް މޯލްޑިވްސްއޯޕެންސޯސް ސޮސައިޓީއިން ދަނީކުރަމުން ނެވެ. ދިވެހިބަހުން ލިޔެ ހެދުމަކިއުބުންޓޫގައިވަރަށް ފަސޭހަކަމެކެވެ. ދިވެހި ރާއްޖޭގައި އުބުންޓޫ ބޭނުންކުރާމީހުންގެ އަދަދު ދަނި އިތުރުވަމުންނެވެ. ދިވެހި ރާއްޖޭގެ ކޮޕީރައިޓް ޤާނޫނަށްއަމަލްކުރަންފަށާފައިވާއިރު އުބުންޓޫކަހަލަ ހިލޭ ލިބޭ އޯޕެންސޯސް އޮޕަރޭޓިންގްސިސްޓަމްތަށް ބޭނުން ކުރުމަކީ ވަރަށް ފައިދާ ވާނޭކަމެކެވެ.
ކޮންޕިއުޓަރ ގެން ގުޅޭ އެންމެންވެސް އެންމެ ބިރުން އުޅެނީ ކޮންޕިއުޓަރވައިރަސް ދެކެއެވެ. މިކަމާމެދު އުބުންޓޫ ބުނަނީ ވައިރަސް އާއި މެދު ހަނދާން ނައްތާލުމަށެވެ.އުބުންޓޫއަށް ވައިރަސް ވަންނާނެ އެއްވެސް ދޮރެއްނެތެވެ. އަދި އެއްވެސްމައްސަލައެއްދިމާވެއްޖެނަމަ އެކަން ހައްލުކުރުމަށް އެހީތެރިވެދޭނެ ކޮމިއުނިޓީއެއްވެއެވެ. އަހަރަކު ދެފަހަރު އުބުންޓޫގެ އާވާރސަންއެއް ނުކުމެއެވެ. 11.4 ގެ އިތުރުން11.10 މިއަހަރުގެ ފަހުކޮޅު އޮކްޓޫބަރ މަހު ނެރުމަށް ވަނީ ކަނޑައަޅާފައެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...