ރާއްޖޭގެ ޚަބަރު ސަރުކާރުގެ ޚަރަދުގައި މިއަހަރު ހައްޖަށް ގެންދާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ސަރުކާރުގެ ޚަރަދުގައި މިއަހަރު ހައްޖަށް ގެންދާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ސަރުކާރުގެ ޚަރަދުގައި މިއަހަރު ހައްޖަށް ގެންދާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރުގެ ޚަރަދުގައި 1447 ވަނަ އަހަރު ހައްޖަށް ގެންދިއުމަށް ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.

މިއަހަރުގެ ހައްޖު ދަތުރަށް މީހުން ހޮވުމަށް މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ގުރުއަތުލުމުގައި ޖުމްލަ 75 މީހުން ވަނީ ހޮވިފައެވެ. އޭގެ ތެރެއިން 50 މީހުންނަކީ ސީދާ ހައްޖަށް ދިއުމަށް ހޮވުނު ފަރާތްތައް ކަމަށްވާއިރު، 25 މީހުންނަކީ ރިޒާވްގެ ގޮތުގައި ތިބޭނެ ފަރާތްތަކެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އޮންނާނެއެވެ. ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރުމަށް ވަނީ އަންގަވާފައެވެ.

ހުށަހެޅޭ ޝަކުވާތައް ބެލުމަށްފަހު، ގުރުއަތުން ހޮވުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކުރެވޭނެ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްގެ ދަށުން ފަގީރުން ހައްޖަށް ފޮނުވުމުގެ ޕްރޮގްރާމް ފެށިފައިވަނީ މިދިޔަ އަހަރުއެވެ. މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު 50 މީހުންނާއި މިއަހަރު 50 މީހުން ހިމެނޭ ގޮތަށް ޖުމްލަ 100 މީހުން ވަނީ ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވާފައެވެ.

ޓެގް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ޙައްޖު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.