ރާއްޖޭގެ ޚަބަރު ޒުވާން ޚަޠީބުންނާއި އިމާމުންގެ ޤައުމީ ކޮންފަރެންސެއް ބާއްވަނީ

ޒުވާން ޚަޠީބުންނާއި އިމާމުންގެ ޤައުމީ ކޮންފަރެންސެއް ބާއްވަނީ

ޒުވާން ޚަޠީބުންނާއި އިމާމުންގެ ޤައުމީ ކޮންފަރެންސެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޒުވާން ޚަޠީބުންނާއި އިމާމުންގެ ޤައުމީ ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެފައިވަނީ، ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން އެއް ހާސް ޚަޠީބުން ތަމްރީނުކޮށް ނިމުމުން ޒުވާން ޙާފިޒުންނާއި، އިމާމުންނާއި، ޚަޠީބުންގެ ޤައުމީ ކޮންފަރެންސެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މިކަން އިތުރަށް ތަފްސީލްކޮށްދެއްވަމުން ވަޒީރު ވިދާޅުވީ، މިހާތަނަށް 500 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ވަނީ ތަމްރީނުކުރެވިފައި ކަމަށާއި، ސަރުކާރުން އަމާޒުކޮށްފައިވާ 1000 ޒުވާނުން ތަމްރީނުކުރުމުގެ ލަނޑުދަނޑި އަންނަ އަހަރު ނިމުމުގެ ކުރިން ހާސިލްކުރެވޭނެ ކަމަށެވެ. އަދި މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހާ ދިމާކޮށް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، "ދިވެހިރާއްޖޭގެ އިސްލާމީ މުސްތަޤުބަލުގެ ލީޑަރުން ބިނާކުރުމަކީ އިސްލާމީ ވުޒާރާގެ އެންމެ މަތިވެރި އެއް ޢަޒުމް" ކަމަށާއި، ރާއްޖޭގައި ޒުވާން، ވަރުގަދަ، އަދި ރިވެތި އަޚުލާޤުން ޒީނަތްތެރިވެފައިވާ އިސްލާމީ ޒަޢާމަތެއް އުފެއްދުމަކީ ރާއްޖެ އިސްލާމީ ޙަޟާރަތުގެ އަސާސްގެ މަތީގައި ތަރައްޤީވެގެންދާނެ ކަމެކެވެ.

ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގެ ދަރިވަރުންނާއި ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމެވެ.

މީގެއިތުރުން، އިސްލާމީ ވުޒާރާއިން ވަނީ ޒުވާން ޚަޠީބުންގެ ފެންވަރު ރަނގަޅުކުރުމަށާއި ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމަށް އިސްލާމިކް ލީޑަރޝިޕް ވޯކްޝޮޕެއް ފަށާފައެވެ. މި ވޯކްޝޮޕްގައި 50 ޒުވާން ޚަޠީބުން ބައިވެރިވެފައިވާއިރު، ވޯކްޝޮޕްގެ ދަންފަޅިތައް ކުރިއަށް ގެންދަވަނީ އިސްލާމީ ވުޒާރާގެ ދީނީ ޢިލްމުވެރިންނެވެ.

ޓެގް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ޒުވާން ޚަޠީބުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިމާމުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.