ރާއްޖޭގެ ޚަބަރު ޞިއްޙީ ވުޒާރާގެ މުވައްޒަފުންނަށް ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

ޞިއްޙީ ވުޒާރާގެ މުވައްޒަފުންނަށް ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

ޞިއްޙީ ވުޒާރާގެ މުވައްޒަފުންނަށް ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްނެގުމުގެ ދަށުން ޞިއްޙީ ވުޒާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ޕްރޮގުރާމުގައި ޞިއްޙީ ވުޒާރާގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ. "އިސްލާމް ދީނާއި އިސްލާމީ ޝަރީޢަތް" މި މައުޟޫޢުގެ ދަށުން އައްޝައިޚް ޢަލީ ޝަހީދު ވަނީ ބައިވެރިންނަށް ފުރިހަމަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވާފައެވެ.

ޕްރޮގްރާމުގެ ތެރޭގައި ބައިވެރިންނަށް ސުވާލުކުރުމުގެ ފުރުޞަތު ހުޅުވާލެވުނު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ބައިވެރިންނަށް އެބޭފުޅުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ.

ރިސާލަތު ޕްރޮގްރާމަކީ ޢާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ޞައްޙަ މަޢުލޫމާތު ފެތުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މުހިންމު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން މުޖުތަމަޢުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ދީނީ މަޢުލޫމާތު އިތުރުކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.

ޓެގް

ރިސާލަތު ޕްރޮގްރާމް ޞިއްޙީ ވުޒާރާ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.