ރާއްޖޭގެ ޚަބަރު ފަސް ރަށެއްގައި ބިނާ ކުރާ މިސްކިތްތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށް އިސްލާމީ ވުޒާރާއިން ބުނެފި

ފަސް ރަށެއްގައި ބިނާ ކުރާ މިސްކިތްތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށް އިސްލާމީ ވުޒާރާއިން ބުނެފި

ފަސް ރަށެއްގައި ބިނާ ކުރާ މިސްކިތްތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށް އިސްލާމީ ވުޒާރާއިން ބުނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އެކި ރަށްތަކުގައި މިސްކިތްތައް ބިނާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން 5 ރަށެއްގައި ބިނާ ކުރާ މިސްކިތްތަކުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ފ. ނިލަންދޫ، ތ. ދިޔަމިގިލި، ތ. ކަނޑޫދޫ، އައްޑޫ ސިޓީ މަރަދޫ އަދި ނ. މަނަދޫގައި ބިނާކުރަމުންދާ މިސްކިތްތަކުގެ މަސައްކަތް ދަނީ އެކި މިންވަރަށް ކުރިއަށެވެ. މީގެ ތެރެއިން ނ. މަނަދޫގައި ބިނާކުރާ 700 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް މިހާރު ވަނީ ނިމި، ހުޅުވުމަށް ތައްޔާރުވެފައެވެ.

އައްޑޫ ސިޓީ މަރަދޫގައި ސަރުކާރުން ބިނާކުރަމުންދާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ތ. ކަނޑޫދޫގައި ބިނާކުރަމުންދާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ 45 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ތ. ދިޔަމިގިލީގައި ބިނާކުރަމުންދާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ 80 އިންސައްތަ މަސައްކަތްވެސް ވަނީ ނިންމާލެވިފައެވެ.

ފ. ނިލަންދޫގައި ސަރުކާރުން ބިނާކުރަމުންދާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ 65 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މި މިސްކިތުގެ މަސައްކަތް ފުރިހަމަވާނެ ކަމަށް ލަފާކުރެވެނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތް ބިނާކުރުމުގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު، އަލަށް މަޝްރޫޢުތައް ފެށުމާއި ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ. މި މިސްކިތްތައް ބިނާކުރެވެނީ އަންހެނުންނަށްވެސް ނަމާދުކުރެވޭނެ ގޮތަށް ކަން ފާހަގަކުރެވެއެވެ.

ޓެގް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.