ދުނިޔެ ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާލުން ކައިރި: އެމެރިކާ

ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާލުން ކައިރި: އެމެރިކާ

ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާލުން ކައިރި: އެމެރިކާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް އެއްބަސްވުމަކާ ކައިރިވެފައިވާ ކަމަށާއި، މި ހަފްތާ ނިމުމުގެ ކުރިން އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދުކުރާ ކަމަށް އެމެރިކާއިން އދ. ގެ މިޝަންތަކަށް ކަނޑައަޅާފައި ހުންނަ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ބުނެފިއެވެ.

އޭނާ ބުނެފައިވަނީ ކުރިމަތީގައި ހަތަރު މައްސަލައެއް އޮތްކަމަށާއި، ނަމަވެސް ސީދާ ނޫން ގޮތަކަށް ދެ ދުވަހު ކުރިއަށް މަޝްވަރާތަކަށް ފަހު މިހާރު ބާކީ އޮތީ އެންމެ މައްސަލައެއް ކަމަށެވެ. އެހެންކަމުން މިހަފްތާ ނިމުމުގެ ކުރިން 60 ދުވަހުގެ މުއްދަތަކަށް ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވޭނެކަމަށް އުންމީދުކުރާކަމަށް އޭނާ ބުނެފައިވެއެވެ.

ވިޓްކޮފް ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ޙަމާސްއިން ރަހީނުކޮށްފައިވާ މީހުންގެ ތެރެއިން ދިރިހުރި 10 މީހަކާއި މަރުވެފައިވާ 9 މީހުންގެ ހަށިގަނޑު އިޒްރޭލާ ހަވާލުކުރެވޭނެއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ޣައްޒާގައި ދާއިމީ ހަމަޖެހުމެއް ލިބިގެންދާނެކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަންގާރަ ދުވަހު ވޮޝިންގްޓަން ޑީ.ސީ. ގައި ނޫސްވެރިންނާ ބައްދަލުކޮށް ބުނެފައިވަނީ އަދިވެސް ޣައްޒާގައި ކުރަންހުރި މަސައްކަތް ނިންމާލަން ޖެހޭ ކަމަށާއި، ހުރިހާ ރަހީނުންނެއް މިނިވަންކޮށް ހަމާސްގެ އަސްކަރީ އަދި ހިންގުމުގެ ގާބިލިއްޔަތު ނައްތާލަން ޖެހޭ ކަމަށެވެ.

ހިނގަމުންމިދާ ހަފްތާގެ ހޯމަ ދުވަހު ނަތަންޔާހޫ ވަނީ އެމެރިކާއަށް ގޮސް ޓްރަމްޕާ ބައްދަލުކޮށްފައެވެ. މިއީ ޓްރަމްޕްގެ ދެވަނަ ދައުރު ފެށުނީއްސުރެ ނަތަންޔާހޫ އެމެރިކާއަށް ކުރި 3 ވަނަ ދަތުރެވެ. އަދި އަންގާރަ ދުވަހު ދެ ލީޑަރުން ވަނީ ދެވަނަ ފަހަރަކަށް ބައްދަލުކޮށްފައެވެ.

ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމާސްއާއި އިސްރާއީލުގެ ވަފުދުތައް ދޯހާގައި ތިބިކަން ޤަޠަރުން އަންގާރަ ދުވަހު ކަށަވަރުކޮށްދީފައިވެއެވެ.

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން 57،500 އަށްވުރެ ގިނަ ފަލަސްޠީނީން މަރުވެފައިވާ އިރު، ޣައްޒާ ވަނީ ސުންނާފަތިވެ، ކާބޯތަކެތީގެ ދަތިކަމާއި ބަލިމަޑުކަން އާންމުވެފައެވެ.

ޓެގް

ޣައްޒާ ހަނގުރާމަ އިޒްރޭލު އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.