ދިއިސްލާމް ޢީދު ކުޅިވަރުގެ ނަމުގައި ބޮޑެތި މުންކަރާތްތައް ހިންގަމުން އަންނަކަމީ ކޮޅު ނެތްކޮޅަށް ހިތާމަހުރި ކަމެއް: ސަލަފު

ޢީދު ކުޅިވަރުގެ ނަމުގައި ބޮޑެތި މުންކަރާތްތައް ހިންގަމުން އަންނަކަމީ ކޮޅު ނެތްކޮޅަށް ހިތާމަހުރި ކަމެއް: ސަލަފު

ޢީދު ކުޅިވަރުގެ ނަމުގައި ބޮޑެތި މުންކަރާތްތައް ހިންގަމުން އަންނަކަމީ ކޮޅު ނެތްކޮޅަށް ހިތާމަހުރި ކަމެއް: ސަލަފު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢީދުގެ ނަމުގައި މުންކަރާތްތައް ހިންގުމަކީ ހިތާމަހުރި ކަމެއް ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް މަދަނީ ޖަމްޢިއްޔާކަމަށްވާ ޖަމްޢިއްޔަތުއްސަލަފުން މިއަދު ވަނީ ހާމަކޮށްފައެވެ.

ސަލަފުން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "ޢީދު ކުޅިވަރުގެ ނަމުގައި ބޮޑެތި މުންކަރާތްތައް ހިންގަމުން އަންނަކަމީ ކޮޅު ނެތްކޮޅަށް ހިތާމަހުރި ކަމެއް" ކަމަށެވެ. ނަމަވެސް މިއަދު ރާއްޖޭގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއި ޖަމްޢިއްޔާތަކުން އިސްލާމީ އިމުގެ ތެރޭގައި ޢީދު އުފާފާޅު ކުރާކަމީ އުފާކުރަންޖެހޭ ކަމެއްކަމަށް ސަލަފުން ފާހަގަކޮށްފައިވެއެވެ.

މި ޕޯސްޓްގައި ސަލަފުން ވަނީ 1446 ވަނަ އަހަރުގެ އަޟްޙާ ޢީދުގައި ދީނުގެ އިމުގެ ތެރޭގައި ޢީދު ފާހަގަކުރާ ބައެއް ކައުންސިލުތަކާއި ޖަމްޢިއްޔާތަކުގެ ފޭސްބުކު ޕޭޖްތަކުގެ ލިންކުތައް ވެސް ހިއްސާކޮށްފައެވެ. މީގެ ތެރޭގައި އދ.ތަނގެތީ ޖަމްޢިއްޔަތުލް ޤަލަމުން ކުރިއަށް ގެންދާ "ޢީދު އުފާ 1446"، ހދ.މަކުނުދޫ ކައުންސިލުން ގެންދާ ޢީދު ކުޅިވަރުތައް އަދި ރ.ކިނޮޅަހުގައި ކުރިއަށްދާ ޢީދު ފޯރީގެ ހަރަކާތްތައް ހިމެނެއެވެ.

އިސްލާމީ އިމުގެ ތެރޭގައި ޢީދު ކުޅިވަރުތައް އިންތިޒާމުކުރާ ފަރާތްތަކަށް ހިތްވަރު ދެމުން، މިފަދަ ކުޅިވަރުތައް އިތުރަށް ފެތުރުމަށް ސަލަފުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

 

ޓެގް

ޖަމްޢިއްޔަތުއް ސަލަފު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.