ސައިންސާއި ޓެކް ޤުރުއާން ކިޔަވާ ޤަލަމް: އާދަޔާޚިލާފް ޓެކްނޮލޮޖީއެއް.

ޤުރުއާން ކިޔަވާ ޤަލަމް: އާދަޔާޚިލާފް ޓެކްނޮލޮޖީއެއް.

ޤުރުއާން ކިޔަވާ ޤަލަމް: އާދަޔާޚިލާފް ޓެކްނޮލޮޖީއެއް.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤުރުއާން ކިޔަވާ ޤަލަމް ނުވަތަ ޤުރުއާން ރީޑް ޕެން އަކީ ވަރަށް ފަހުން ބާޒާރަށް ނެރުނު އިލެކްޓްރޮނިކް އެއްޗެކެވެ. ވަކި ވައްތަރެއްގެ ދެއްޔަކުން ޗާޕުކުރެވިގެން އުފައްދާފައިވާ ޤުރުއާން މުޞްޙަފުގައި އެ ޤަލަމުގެ ކޮޅު ޖައްސާލީމައި ކިޔަވަން ފައްޓައެވެ. ޗައިނާގެ ވިންގްޔޮން ކުންފުނިން އުފައްދާފައިވާ މި އުފެއްދުމުގައި ބޭނުންކުރާ ޤަލަމުގައި ސްޕީކަރަކާއި އޭގެ އިތުރުން ހެޑްފޯނުޖެހެން ހުރެއެވެ. އަދި ޕީސީއަށްވެސް ގުޅާލެވެއެވެ. މިއީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ވަރަށް އާދަޔާޚިލާފު އާލާތެކެވެ. މި ޑިވައިސްގައި ތަފާތު 10 ޤާރީވެރިންގެ ޤުރުއާންކިޔެވުން ވެއެވެ. ފުލްކޮށް ޗާޖު ކޮށްގެން 6 ގަޑި އިރު ބޭނުންކުރެވޭ މިޤަލަމް ބޭނުންނުކޮށް 3 މިނިޓް ވާއިރަށް އަމިއްލައަށް ނިއްވާލަދެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: http://www.quran-read-pen.com އަށް ޒިޔާރަތްކޮށްލައްވާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.