ﷲ ތަޢާލާއަށް ޛިކުރު ކުރުމުގައި ގިނަ ވަގުތު ހޭދަކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އައްޝައިޚް ނުޢުމާން އަލީ ޚާން ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވެފައި ވަނީ ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ އަޅުގަނޑުމެން އިންސާނުންނަށް ފާފައެއް ނުވަތަ ކުށެއް ކުރެވިއްޖެނަަމަ ﷲގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދުމަށެވެ. އެގޮތުން ނަމާދު ނުކުރުން، ޒަކާތް ނުދިނުން، ޞަދަޤާތް ނުދިނުން، ނުވަތަ އާއިލާއާއި ގުޅުން ކަނޑާލުން ފަދަ ކަންކަމެވެ.
މީގެ އިތުރުން ﷲ ލޯބިވެވޮޑިގަންނަވަނީ ކުށެއް ކޮށްފައި ވެސް އެކުށަށް ތައުބާވާ މީހުން ދެކެއެވެ. އެއީ "މުއްތަޤީން" ގެ ސިފައެއް ކަމަށްވެސް ވިދާޅުވިއެވެ. ބައެއް ފަހަރަށް ޝައިތާނާގެ ވަސްވާހުގެ ސަބަބުން އަޅުގަނޑުމެން އެހެން މީހުންނާއި މެދު ދެރަކޮށް ކަންކަން ކުރުމަށްފަހު އެކަންކަމަކީ ނުވާ ކަންކަމަށް ހަދަން އުޅެއެވެ. ނަމަވެސް ﷲ ތަޢާލާ ހުރިހާ ކަމެއް ދެނެވޮޑިގެން ވެއެވެ. އަދި ﷲ ތަޢާލާ ނޫން އެހެން ފަރާތަކަށް އަޅުގަނޑުމެން ސިއްރުކޮށްފައި ހުންނަ ކަންކަމެއް ނޭނގޭނެއެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން އަޅުގަނޑުމެން އެންމެންނަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ މީހުންގެ ތެރެއިން ލެއްވުން އެދި ދުޢާ ކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...