ދުނިޔެ ފަލަސްޠީނުގައި އޮތް އިސްރާއީލުގެ އިސްތިޢުމާރީ ވެރިކަން ނިމުމަކަށް ގެނައުމަށް ކުވައިތުން ގޮވާލައިފި

ފަލަސްޠީނުގައި އޮތް އިސްރާއީލުގެ އިސްތިޢުމާރީ ވެރިކަން ނިމުމަކަށް ގެނައުމަށް ކުވައިތުން ގޮވާލައިފި

Falastheenuga Oiy Israelge Isthiumaari Verikan Nimumakah Genaumah Kuwaitun Govaalavvaifi

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްޠީނުގައި އޮތް އިސްރާއީލުގެ އިސްތިޢުމާރީ ވެރިކަން ނިމުމަކަށް ގެނައުމަށް ކުވައިތުން ގޮވާލައިފިއެވެ.

ކުވައިތުގެ ބޮޑު ވަޒީރު، އެޤައުމުން ފަލަސްޠީނުގެ މައްސަލައިގައި އަދިވެސް އޮތީ ފަލަސްޠީނުގައި އިތުރަށް ކަށަވަރުކޮށްދެއްވާ، ފަލަސްޠީނުގެ ރައްޔިތުންނަށް އެބައިމީހުންގެ ޙައްޤުތައް ލިބިދޭންޖެހޭ ކަމަށް ގޮވާލައްވާފައިވަނީ އދ 75 ވަނަ ޖެނެރަލް އެސެމްބްލީގައި، ވީޑިޔޯ މެދުވެރި ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

"ފަލަސްޠީނުގެ މައްސަލައަކީ ޢަރަބި އަދި އިސްލާމީ ދުނިޔޭގައި ތާރީޚީ، އަދި ތާރީޚުގެ މިސްރާބު ބަދަލުކޮށްލަނިވި ފަދަ މުހިއްމު މައްސަލައެއް." ކުވައިތުގެ ބޮޑު ވަޒީރު ޞަބާޙް ޙާމިދު އަލްޙަމަދު އައްޞަބާޙު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވެއެވެ.

ޞަބާޙް ވަނީ މީގެ އިތުރުން، 2002 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާއިން އިސްނަންގަވައިގެން އެކުލަވާލެވިފައިވާ ޞުލްޙައިގެ ނާމާ، މުބާދަރަތުއް ސަލާމިލް ޢަރަބިއްޔާ (ނުވަތަ ޢަރަބް ޕީސް އިނިޝިއޭޓިވް) އާއެއްގޮތްވާ ގޮތުގެ މަތީން ޞުލްޙައިގެ ވާހަކަތައް އަލުން ފެށުމުގެ އަހައްމިޔަތާއި ބެހޭ ގޮތުން ވާހަކަ ދައްކަވައިފައެވެ. އަދި އިސްރާއީލުގެ އިސްތިޢުމާރަކަށް ނިމުމެއް ގެނެސް، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ބިނާކޮށް، އެޤައުމުގެ ވެރިރަށަކީ ޤުދުސް ކަމުގައި ހެދުމަށް ގޮވާލައްވާފައިވެސް ވެއެވެ.

ޓެގް

ކުވައިތު އދ ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.