ނޮވްމަބްރު 1 އަކުން ފެށިގެން ސަޢުދީ ޢަރަބިއްޔާއިން ބޭރު ފަރާތްތަކަށް އިރާދަކުރެއްވިއްޔާ ޢުމްރާކުރަން ފުރުސަތު ހުޅުވާލަނީ

November 1 un Feshigen Saudi Arabia in Beyru Faraiythakah Iraadha Kurevviyya Umra Kurumuge Furusathu Hulhuvaalany
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ކޯވިޑް 19 އާއި ވިދިގެން އެޅުނު ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން، ޢުމްރާގެ އަޅުކަމަށް ދެޙަރަމަށް ދިޔުން މަނާކުރެވުމަށްފަހު، މިފެށޭ ނޮވެމްބަރު މަހުގެ ތެރޭގައި އަލުން އެފުރުސަތު ހުޅުވާލުމަށް ސަޢުދީ ސަރުކާރުން ނިންމަވައިފިއެވެ.

މިގޮތުން ސަޢުދީ ޢަރަބިއްޔާގެ ކަމާއިބެހޭ ފަރާތްތަކުން ޚަބަރު ދެއްވާ ގޮތުގައި މިފެށޭ އޮކްޓޯބަރު މަހާއި އެކު ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ ފަރާތްތަކަށް ޢުމުރާގެ އަޅުކަން އަދާކުރުމަށް ދެޙަރަމަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ދެވޭނެއެވެ. އަދި އެއަށްފަހު ދެން ފެށޭ ނޮވެމްބަރު މަހުގައި އެހެނިހެން ޤައުމުތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށްވެސް ޢުމުރާގެ އަޅުކަން އަދާ ކުރުމަށް ސަޢުދީއަށް ދިޔުމުގެ ފުރުޞަތު (އިރާދަކުރެއްވިއްޔާ) ހުޅުވާލެވޭނެކަމަށްވެސް އެފަރާތުން ވިދާޅުވެފައިވެއެވެ.

ޢުމްރާގެ އަޅުކަމަށް ހުއްދަ ދެވޭއިރު ސަޢުދީ ޢަރަބިއްޔާގެ ރަށްވެހިންގެ އިތުރަށް، އެޤައުމުގައި މިހާރު ދިރއުޅެމުންދާ ފަރާތްތަކަށްވެސް މިފުރުސަތު ހުޅުވާލުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ދެޙަރަމު ހުޅުވާލާ، ޢުމްރާގެ އަޅުކަމަށް ފުރުސަތު ދެއްވުމަށް ހަމަޖެހިފައިވަނީ 3 މަރްހަލާއަކަށް ބަހާލެވިގެންނެވެ. އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން ދުވާލަކު 6000 ބޭފުޅުންނަށް ޢުމްރާކުރެއްވުމަށް ފުރުސަތު ދެއްވާއިރު، އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ފެށޭ ދެވަނަ މަރްހަލާގައި ދުވާލަކު 15000 ފަރާތަކަށް ފުރުސަތު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޢުމްރާގެ އަޅުކަން ފިޔަވާ، އެހެނިހެން އަޅުކަންތަށް ކުރުމަށް ދުވާލަކު 40000 ފަރާތަށް ފުރުސަތު ދެއްވާނޭ ކަމަށްވެސް އެބޭފުޅުން ވިދާޅުވެއެވެ.

މިފިޔަވަހީގެ 3 ވަނަ މަރްޙަލާ ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިމަރްހަލާގެ ދަށުން ދުވާލަކު 60000 ފަރާތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވެއެވެ. މި އުސޫލު ކޯވިޑް 19 ގެ ޙާލަތް ނިމެންދެން ދެމި އޮންނާނެ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

އާއްމު ޙާލަތުގައި ކުރިއަށް ދިޔަ ގޮތަށް ދެޙަރަމަށް ޒިޔާރަތް ކުރުމުގެ އިންތިޒާމު އަނބުރާ ރުޖޫޢަ ކުރުމަށް ހަމަޖެހިފައިވަނީ ކޮވިޑް-19 ނުރައްކަލެއް ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ކަނޑައެޅުއްވުމަށް ކަމަށް ސަޢުދީ ޢަރަބިއްޔާއިން ޚަބަރު ދެއްވައެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.