ދަރުސް ޚަބަރު ގޯސް ކަމެއް ކިތަންމެ ގިނައިން ތަޢާރަފު ވެގެން ދިޔަ ކަމުގައި ވިޔަސް ޝަރުޢީ ގޮތުން އޮންނަ ޙުކުމް ބަދަލެއް ނުވާނެ: ޝެއިޚް ފިކުރީ

ގޯސް ކަމެއް ކިތަންމެ ގިނައިން ތަޢާރަފު ވެގެން ދިޔަ ކަމުގައި ވިޔަސް ޝަރުޢީ ގޮތުން އޮންނަ ޙުކުމް ބަދަލެއް ނުވާނެ: ޝެއިޚް ފިކުރީ

Museebaathuge Vaguthuga Ketheri Vaa Myhunge Faafathah Allah Thalaa Fussavaa Dhevvaane: Sheikh Fikury

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގޯސް ކަމެއް ކިތަންމެ ގިނައިން ތަޢާރަފު ވެގެން ދިޔަ ކަމުގައި ވިޔަސް ޝަރުޢީ ގޮތުން އޮންނަ ޙުުކުމް ބަދަލެއް ނުވާނެކަމަށް އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވީ ޖަމިއްޔަތުއްސަލަފުން ބޭއްވި ދަރުސް ސިލްސިލާ އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝެއިޚް ވިދާޅުވެފައިވަނީ ޣައިރު މުސްލިމުންގެ ތެރޭގައި ހުންނަ ވިޔާނުދާ ފިލްމުތައް ނުވަތަ ސިލްސިލާތަކަކީ ރަނގަޅު އެއްޗެއް ނޫންކަމާއި، އަޅުގަނޑުމެންގެ ތެރެއިން ކިތަންމެ ގިނަ ބަޔަކު ބެލިކަމުގައި ވިޔަސް އެކަންކަން ހުރުމަކީ ހުއްދަ ކަމެއް ނޫންކަމެވެ. އަދި ހަމަ އެހެންމެ ބައެއް މީހުން ހުއްޖަތްތައް ދެއްކި ކަމުގައި ވިޔަސް ޣައިރު މުސްލިމުން ކުޅޭ ޑްރާމާ ތަކެތި މުސްލިމުންނަށް ހުއްދަ ނުވާނެ ކަމަށެވެ. އަދި އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިކަންކަން މީސްތަކުންގެ މެދުގައި އާއްމުކުރެވެން ކުރާ މަަސައްކަތްތައް ވެސް މާ ބޮޑު ކަމަކަށް ނުވާ ކަމަށާއި، އަޅުގަނޑުމެންގެ ދަރީންގެ އެގޮތަށް އުޅުން މާ ބޮޑު ގޯހެއް ކަމަކަށް ނުދެކޭކަމަށެވެ. މީގެ 30 ވަރަކަށް އަހަރު ކުރީން ހުޅަނގުގެ ސަގާފަތް އޮތީ މިހާރު އޮތް ގޮތަކަށް ނޫނެވެ. އެމީހުންވެސް މިނިވަން ކަމުގެ ނަމުގައި ހެދުން އެޅުމުގެ ވައްޓަފާޅި ދިޔައީ ބަދަލު ކުރަމުންނެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވަނީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށާއި ޣައިރު މުސްލިމުން ކިތަންމެ ގިނައިން ޤަބޫލުކުރާ ކަމެއް ކަމުގައި ވިޔަސް، އެއީ އިސްލާމްދީން މަނާކުރައްވާފައިވާ ކަމެއް ކަމަށާއި އެކަން ހެޔޮ ކަމަކަށް ނުވާނެ ކަމަށެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.