ރާއްޖޭގެ ޚަބަރު ޢިލްމުވެރިންގެ ގުޅުމުން ކޮމިޝަނަރ އޮފް ޕޮލިހާއި ބައްދަލު ކުރައްވައިފި

ޢިލްމުވެރިންގެ ގުޅުމުން ކޮމިޝަނަރ އޮފް ޕޮލިހާއި ބައްދަލު ކުރައްވައިފި

Ilmveringe Gulhumun Commissioner Of Polihaai Badhahlu Kuravvaifi

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޢިލްމުވެރިންގެ ގުޅުމުގެ އިސްބޭފުޅުން ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ޙަލީމާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޑީން، އައްޝައިޚު ޢަލީ ޒާހިރާއި، ކުރީގެ އިސްލާމީ މަރުކަޒުގެ އިމާމް އައްޝައިޚު މުޙައްމަދު ލަޠީފާއި، ޖަމްޢިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚު ޢަބްދު ﷲ ބިން މުޙައްމަދާއި، އައްޝައިޚު މުޙައްމަދު ނިމާލްގެ އިތުރުން އައްޝައިޚު ޒަމްޒަމް ފާރިޝެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނާއި، ސީނިއަރ ބައެއް ފުލުހުންވެސް މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މިއަދު ޝަހީދު ޙުސައިން އާދަމް ބިލްޑިންގައި ބޭއްވުނު ބައްދަލުވުމުގައި ޢިލްމުވެރިންގެ ގުޅުމުންވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެން ޖަމްޢިއްޔާ އުވާލިކަމުގައިވިޔަސް، އެޖަމްޢިއްޔާއިން ނެރެފައިވާ ރިޕޯޓު ލިޔުނު މީހުންނަށް ފިޔަވަޅު އެޅުން ލަސްވަމުންދާތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ހަމަ މިއާއިއެކު، އުތެމަ ޖަމްޢިއްޔާއިން، އދ އަށް ހުށައަޅާފައިވާ ރިޕޯޓުގައި އިސްލާމް ދީނާއި ޚިލާފު ވާހަކަތައް ހިމެނޭތީ އެކަމާއިވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ފުލުހުންގެ ފަރާތުން ޚަބަރުދެއްވާ ގޮތުގައި، މިބައްދަލުވުމުގައި، އެމްޑީއެން އާއި ގުޅޭ ގޮތުން ފުލުހުން ކުރިއަށް ގެންދަވާ ތަޙްޤީޤުގެ އެއްމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދެއްވާފައިވެއެވެ. އަދި ކޯވިޑް 19 ގެ ތެރޭގައި ހުރިހާ ދީނީ އިލްމުވެރިން ގައުމީ އެއްބައިވަންތަކަން އިސްކުރައްވައި، ކަންކަމުގައި ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާފައިކަމަށްވެސް އެބޭފުޅުން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރުމުގައި ފުލުހުންގެ ދައުރު އަދާކުރުމުގެ ތެރެއިން ކުރަންޖެހޭ ކަންކަން އެއްވެސް ފަސްޖެހުމެއް ނެތި ކުރަމުންދާނެ ކަމުގެ ޔަގީންކަން، ޢިލްމުވެރިންގެ ގުޅުމަށް ކޮމިޝަނަރ އޮފް ޕޮލިސްވަނީ އަރުއްވާފައެވެ.

މި ބައްދަލުވުމުގައި ފުލުހުންގެ ދައުރު އަދާކުރުމުގެ ތެރެއިން އިލްމުވެރިންނާއި ގުޅިގެން ކުރެވޭކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެމްޑީއެން މައްސަލައިގައި ތަޙްޤީޤުކުރެއްވުމުގައި ކުރިމަތިވަމުންދާ ދަތިތަކުގެ ވާހަކަވެސް ވަނީ ޙިއްސާ ކުރެވިފައެވެ.

ޓެގް

ޢިލްމުވެރިންގެ ގުޅުން ދިއިސްލާމް ޕޮލިސް ކޮމިޝަނަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.