ޢަރަބިންނާއި މުސްލިމުންނާއި އެހެނިހެން އަޤައްލިއްޔާތުތައް ތިލް އަވިވަން ނެރެ، އެތަނަށް ވަނުން މަނާކުރަން ނަތަންޔާހޫގެ ދަރި ގޮވާލައިފިއެވެ.
ތިލް އަވިވަކީ އިސްރާއީލުގެ ދައުލަތުގެ ވެރިރަށަކަށް މިހާތަނަށް ދުނިޔޭގެ ބައެއް ޤައުމުތައް ޤަބޫލުކޮށްފައިވާ ރަށެވެ. އެހެނަސް އިސްރާއީލުންވަނީ، ދުނިޔޭގެ ޤައުމުތަކުގެ އެދުމާއި ޚިލާފަށް، އެބައިމީހުންގެ ވެރިރަށަކީ 'އޫރުޝަލޮމް' (އަލްޤުދުސް) ކަމަށް ދަޢުވާކޮށްފައެވެ. އަދި އެމެރިކާއިންވަނީ މިބަހަށް ތާއީދުކޮށްފައެވެ.
ނަތަންޔާހޫގެ ދަރި، ޔާއިރު ނަތެންޔާހޫ، ފަލަސްޠީނުގެ ޢަރަބީންނާއި މުސްލިމުންނާއި، އެހެނިހެން އަޤައްލިއްޔާތުތައް ތިލް އަވިވުން ނެރެ، އެތަނަށް ވަނުންވެސް މަނާކުރުމަށް ގޮވާލާފައިވަނީ އޭނާ ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޓްވީޓްތަކަކުންނެވެ.
މިދުވަސްވަރު ތިލް އަވިވްގެ އިސްރާއީލު ސިފައިންވަނީ، ގެދޮރު ނެތް މީހުންނަށް ހިޔަލެއް އެޅުމުގެ ނަމުގައި، މުސްލިމުންގެ ޤަބުރުސްތާނެއް ހަލާކުކޮށްލާ، ސުންނާފަތިކޮށްލުމަށް މަސައްކަތް ކުރަމުންވެ. މިކަމާއި ވިދިގެން ފަލަސްޠީނުގެ ޔާފާގެ ރައްޔިތުން މިކަމާއި އިދިކޮޅަށް އިޙްތިޖާޖުކޮށް މުޒާހަރާކުށްފައިވެއެވެ. މިމުޒާހަރާތައް ހުއްޓުވުމަށްޓަކައި ފުލުހުންވަނީ އަޑުގެ ބޮންތަކާއި، ކަރުނަ ގޭސް ބޭޏުންކޮށްފައެވެ. ޔާއިރު ނަތެންޔާހޫ ޓްވީޓުކޮށްފައިވަނީ މިމުޒާހަރާތަކާއި ވިދިގެންނެވެ.
ނަތަންޔާހޫގެ ދަރިވަނީ މީގެ ކުރިންވެސް މިފަދަ ލާއިންސާނީ ޢަމަލުތައް ހިންގުމަށް ގޮވާލައިފައެވެ. މިގޮތުން 2018 ވަނަ އަހަރު އޭނާ ވަނީ މުސްލިމުންނާިއ އިދިކޮޅަށް ކޮށްފައިވާ ނަސްލު ފޮހެލުމުގެ ޕޯސްޓުތަކަކާއި ހެދި ފޭސްބުކުން އެނާވަނީ ސަސްޕެންޑު ކޮށްފައެވެ. އަދި އިނގިރޭސި ވިލާތުގެ ވަފުދެއްގެ ބަޔަކު، ފަލަސްޠިނުގެ ބިމަށް 'އިސްތިޢުމާރު ކުރެވިފައިވާ" ބިމެކޭ ބުނުމުގެ ސަބަބުން، އޭނާވަނީ އިނގިރޭސިން އިސްރާއީލުން ނެރުމަށް އަމުރުކޮށްފައެވެ. އަދި، އިސްރާއީލުގައި، (ފަލަސްޠީނުގެ ދައުކަލަތެއް އުފެއްދުމަށް ތާއީދުކުރާ) ވާތު ފިޔައިގެ މުސްކުޅިންނަށް ކޮރޯނާ ޖެހި މަރުވޭތޯ އުއްމީދުކުރާކަމަށްވެސް އޭނާވަނީ ބުނެފައެވެ.
މިދިޔަ އަހަރު އޭނާވަނީ، ޢަރަބި ބަހުގައި "ޕީ" އަކުރު ނޯންނާތީ، "ޕެލަސްޓައިން"ގެ ދައުލަތަކަކީ ނެތް ދައުލަތެއްކަމަށް ދަޢުވާ ކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...