ހުޅަނގު އައްސޭރީގެ ފަލަސްޠީނުގެ ބިންތައް އިސްރާއީލުގެ ބިމަށް ހެދުމަށް ކުރެވޭ މަސައްކަތް ރާއްޖެއިން ކުށްވެރި ކުރައްވައިފިއެވެ.
މިދިޔަ ބުދަ ދުވަހު، ސަޢޫދީ ޢަރަބިއްޔާއިން ހޯސްޓު ކުރައްވާފައިވާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން (އޯއައިސީ) ގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުން އޮންލައިންކޮށް ބޭއްވިފައިވަނީ ފަލަސްޠީނުގެ ބިންތައް އިސްރާއީލުގެ ބިންކަމުގައި ރަސްމީކޮށް ނިންމުމަށް، ނަތެންޔާހޫގެ ސަރުކާރުން ނިންމާފައިވާ ނިންމުމާއި މެދު މަޝްވަރާކުރެއްވުމަށެވެ. މިގޮތުން މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންފައިވަނީ މިހާރުގެ ފޮރިން މިނިސްޓަރ ޢަބްދު ﷲ ޝާހިދެވެ.
ޢަބްދު ﷲ ޝާހިދު ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖެއިން، ފަލަސްޠީނުގެ ބިންތައް އިސްރާއީލުގެ އަމިއްލަ ބިންތައްކަމުގައި ރަސްމީކޮށް ހެދުން ކުށްވެރި ކުރައްވާ ކަމަށާއި، އެކަމުގެ ސަބަބުން މެދުއިރުމަތީގެ އަމާންކަމަށް ހުރަސްއެޅިގެންދާނޭ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ކޯވިޑް 19 ގެ ޢާލަމީ ވަބާ ހިނގަމުންދާ ދަނޑިވަޅެއްގައި، މިކަމާއި ގުޅިގެން ފަލަސްޠިނުގެ ރައްޔިތުންނަށް ކުރިމަތުވެފައިވާ ދަތިތައް އިތުރުވެގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އިސްރާއީލުގެ މިޢަމަލަކީ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޚިލާފު ކަމެއް ކަމަށް ވިދާޅުވެ، ފަލަސްޠީނުގެ ބިންތައް ޤާނޫނާއި ޚިލާފަށް ވެރިކުރުމާއި އިދިކޮޅާށް ފިޔަވަޅު އެޅުމަށް އދ އަށް ގޮވާލެއްވިއެވެ.
ޝާހިދުގެ ވާހަކަފުޅު ނިންމަވާލައްވަމުން މުޅި އިސްލާމީ އުއްމަތް ފަލަސްޠީނަށް އިންޞާފު ހޯއްދިނުމުގައި އެކުއެކީ ތިބެން ގޮވާލައްވާފައިވެއެވެ.
އޯއައިސީއިންވެސް އަދި ރާއްޖެއިންވެސް، މިހާތަނަށް މިމައްސަލައިގައި ތާއީދުކޮށްފައިވަނީ ފަލަސްޠިނުގެ މާތް ބިމުގައި 2 ދައުލަތް އުފައްދާ، ފަލަސްޠީނުގެ ވަކި މިނިވަން ދައުލަތެއް އެސަރަޙައްދުގައި އުފެއްދުމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...