ނަބީބޭކަލުންގެ ވާހަކަ: ނޫޙު ޢަލައިހިއްސަލާމް (17 ވަނަ ބައި) - ފަހު ބައި

ނަބީބޭކަލުންގެ ވާހަކަ: ނޫޙު ޢަލައިހިއްސަލާމް (17 ވަނަ ބައި) - ފަހު ބައި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ނޫޙުގެފާނުގެ އަވަހާރަވުން:

ނޫޙުގެފާނު ނަބީކަމާއިގެން ފޮނުއްވުނީ އެކަލޭގެފާނުގެ ޢުމުރުފުޅުން 480 އަހަރުފުޅުގައެވެ. އަދި ޠޫފާނުގެ ފަހުގައި ދުނިޔޭގައި އުޅުއްވީ 350 އަހަރުއެވެ. މުޅިޖުމްލަ އެންހާސް ހަތްސަތޭކަ އަށްޑިހަ އަހަރު ދުނިޔޭގައި ހުންނެވިއެވެ."

ރިވާވެގެންވާ ގޮތުގައި ނޫޙުގެފާނު މިދުނިޔެ ދޫކުރެއްވި އާލާސްކަންފުޅުގައި އެކަލޭގެފާނަށް ދެންނެވުނެވެ. ކަލޭގެފާނަށް ދުނިޔެ ފެނިވަޑައިގަތީ ކޮންގޮތަކަށްތޯއެވެ؟ ވިދާޅުވިއެވެ. ދެދޮރު ހުރި ގެއެކެވެ. އެއްދޮރުން ވަދެގެން އަނެއް ދޮރުން ނުކުމެގެން ދިޔަ މީހެއްގެ މިސާލެވެ. ނޫޙުގެފާނު ފަސްދާނުވެޑުވިފައިވަނީ މައްކާގެ އަލްމަސްޖިދުލް ޙަރާމް ގައެވެ. ނަމަވެސް މިހާރު އިތުބާހުރި ލިޔުންތަކުގައިވާ ގޮތުން ނޫޙުގެފާނު ފަސްދާނުވެޑުވިފައިވަނީ އަލްބަޤާޢު ކިޔޭރަށެއްގައެވެ. އެތަން މަޝްހޫރުވެފައިވަނީ بكرك نوح ނަމުންނެވެ. އެތަނުގައި އެކަލޭގެފާނުގެ ނަންފުޅުގައި ބިނާކުރެވިފައިވާ މިސްކިތެއްވެސް ހުރެއެވެ. (هذا والله أعلم)

ނޫޙުގެފާނުގެ ވަޞިއްޔަތް:

ނޫޙުގެފާނު އެކަލޭގެފާނުގެ ބޭފުޅުންނަށް ވަޞިއްޔަތް ކުރައްވަމުން ވިދާޅުވިއެވެ.

ތިމަންކަލޭގެފާނު ތިޔަ ކުދިންނަށް ދެކަމަކަށް ވަޞިއްޔަތް ކުރައްވަމެވެ. އަދި ދެކަމެއް ނަހީ ކުރައްވަމެވެ. ވަޞިއްޔަތް ކުރައްވަނީ لاَ إِلَهَ إِلاَّ اللهُ މިފަދައިން ކިޔުމަށެވެ. ހަތްއުޑާއި ހަތްބިން ތިލަފަތެއްގެ އެއްކޮޅަށްލައި لاَ إِلَهَ إِلاَّ اللهُ މިކަލިމަ އެއްކޮޅަށް ލީނަމަވެސް ބުރަވާނީ މިކަލިމައެވެ.

سُبْحَانَ اللهِ وَبِحَمْدِهِ މިފަދައިން ކިޔުމަށް ވަޞިއްޔަތް ކުރައްވަމެވެ. މިއީ ހުރިހާ އެއްޗެއްގެ ވެސް ނަމާދެވެ. އަދި ރިޒުޤު ދެއްވަނީވެސް އެކަމުގެ ސަބަބުންނެވެ. ނަހީ ކުރައްވަނީ ޝަރީކުކުރުމާއި ބޮޑާކަމެވެ."

- ނިމުނީ -

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.