ސަޢޫދީ ސަރުކާރުން މިއަހަރު ހައްޖަށް ދިޔުމުގެ ފުރުޞަތު ހުޅުވާލައިފިނަމަ ދިވެހިންނަށް އެފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނޭކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު މިހެން ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަން، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ އަޙްމަދު ޒާހިރު ވިދާޅުވާ ގޮތުގައި ސަޢޫދީ ޢަރަބިއްޔާ މިހާރު ދަނީ ޙައްޖުގެ ކަންތައްތައް ގެންދެވޭނެ އެއްމެ ރަގަޅު ގޮތަކާއިމެދު ދިރާސާއެއް ހައްދަވަމުން ގެންދަވާ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވި ގޮތުގައި ސަޢޫދީ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ވީހާވެސް މަދު ޤައުމަކަށް ފުރުސަތު ދެއްވައިގެން ހައްޖުގެ އަޅުކަން އަދާކުރުމުގެ އިންތިޒާމު ހަމަޖެއްސަވައި ދެއްވުމަށެވެ.
"ގާތްގަނޑަކަށް 2.5 މިލިއަން މީހުން ޖަމާވާނެ އަރަފާތަށް، މިނާ އަށް އެއްފަހަރާ. އެބޭފުޅުން ސާރވޭ ހައްދަވާފައި އެ ބައްލަވަނީ އެ އަދަދު ދެލައްކަ ހަތްދިހަ ހާސް މީހުންނަށް ތިރިކޮށްގެން ހިދުމަތްތައް ފޯރުކޮށްދެވިދާނެތޯ." ރޭގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ކޯވިޑް 19 އާއި ވިދިގެން ޙައްޖުގެ އަޅުކަން ކުރިއަށްދާނެ ގޮތެއް ސަޢޫދީ ސަރުކާރުން އަދި އިޢުލާން ކުރައްވާފައި ނުވާ އިރު، މެލޭޝިޔާއާއި އިންޑޮނޭޝިޔާ ފަދަ ޤައުމުތަކުންވަނީ މިއަހަރު އެޤައުމުތަކުން ޙައްޖަށް މީހުން ނުފޮނުއްވުމަށް ނިންމަވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...