ދުނިޔެ ސަޢުދީއިން ކޯވިޑް 19 ގެ ސަބަބުން ޙައްޖަށް ދެވޭ މީހުންގެ ޢަދަދު މަދު ކުރަން ވިސްނާ: ރޮއިޓާޒް

ސަޢުދީއިން ކޯވިޑް 19 ގެ ސަބަބުން ޙައްޖަށް ދެވޭ މީހުންގެ ޢަދަދު މަދު ކުރަން ވިސްނާ: ރޮއިޓާޒް

Saudi in Covid 19 ge Sababun Hajjah Dhevey Myhunge Adhadhu Madhukuran Visna: Reuters

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޯވިޑް 19 އިތުރަށް ފެތުރިދާނެ ކަމުގެ ބިރަށް، ސަޢުދީ ޢަރަބިއްޔާއިން ޙައްޖަށް މީހުންނަށް ދެވޭ ޢަދަދު މަދުކުރުމަށް ވިސްނާ ކަމަށް ރޮއިޓާޒިން ބުނެފިއެވެ.

މެދުއިރުމަތީގެ ޚަބަރުތައް ދިރާސާކުރާ ދެ ނޫސް އެޖެންސީކަމަށްވާ ޚަލީޖް ޓައިމްސް އަދި މިޑްލް އީސްޓް މޮނިޓަރއިން ވިދާޅުވެފައިވާ ގޮތުގައި ސަޢުދީ ޢަރަބިއްޔާއިން މިގޮތަށް ޢަމަލު ކުރުމަށް ނިންމަވާފައިވަނީ އެޤައުމުގައި ކޯވިޑް 19 ޖެހޭ މީހުންގެ ޢަދަދު ގިނަވެ، މިދިޔަ ހަފްތާގެ ހޯމަ ދުވަހު މިޢަދަދު 1 ލައްކައަށްވުރެ މައްޗަށް އެރުމާއި ވިދިގެންނެވެ.

ވޭތުވެދިޔަ މާރޗް މަހު ސަޢުދީ ޢަރަބިއްޔާ އިން އެންމެހާ މުސްލިމުންނަށްވަނީ، އިތުރު ގޮތަކަށް ސަރުކާރުން އަންގަވަންދެން ޙައްޖާއި ޢުމުރާގެ ދަތުރުގެ ވިސްނުން ފަސްކޮށްލުމަށް އަންގަވާފައެވެ. މިގޮތުން ރޮއިޓާޒްއިން ޚަބަރުދޭ ގޮތުގައި ސަޢުދީ ޢަރަބިއްޔާއިން މިއަހަރު ޤައުމުތަކަށް ޙައްޖުގެ ކުއޯޓާދެނީ ރަމްޒީ ޢަދަދަކަށެވެ. މިއީ ގާތްގަނޑަކަށް ޢާއްމު ގޮތެއްގައި ކޮންމެ ޤައުމަކަށް ލިބޭ ޙައްޖު ކުއޯޓާގެ 20% އެވެ. މީގެ އިތުރުން ރޮއިޓާޒިން ބުނާ ގޮތުގައި ބައެއް އޮފިޝަލުން މިއަހަރު ޙައްޖު ނުބޭއްވުމަށްވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. އެހެނަސް ސަޢޫދީ ޢަރަބިއްޔާގެ މީޑިޔާ އޮފީހުންވެސް، އަދި ޙައްޖާއި ޢުމްރާގެ މިނިސްޓްރީގެ ސްޕޯކްޕާރސަންވެސް މިކަމާއިމެދު އަދި އެއްޗެއް ވިދާޅެއްނުވެއެވެ.

ސަޢުދީ ޢަރަބިއްޔާއިންވަނީ މިދިޔަ މާރޗް މަހު ބައިނަލް އަޤްވާމީ ފްލައިޓުތައް ހުއްޓާލާފައެވެ. އަދި ހުރިހާ ޙައްޖު ފްލައިޓުތަކެއް ޢާއްމުކޮށް ދަތުރުކުރާ ޖިއްދާގައި ކޯވިޑް 19 ފެތުރޭލެއް އިތުރުވުމުގެ ސަބަބުން އެރަށުގައި ދެވަނަ ފަހަރަށް ކާރފިޔުވެސް އިޢުލާން ކުރައްވާފައެވެ.

ޓެގް

ކޯވިޑް 19 އަރަބި ޙައްޖު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.