ދަރުސް ޚަބަރު ނުރައްކާތެރިކަންކަމުން ސަލާމަތްވުމާއި ހެޔޮ ޢަމަލާއި ވަރަށް ބޮޑު ގުޅުމެއްވޭ: ޝައިޚު އިލްޔާސް ޙުސައިން

ނުރައްކާތެރިކަންކަމުން ސަލާމަތްވުމާއި ހެޔޮ ޢަމަލާއި ވަރަށް ބޮޑު ގުޅުމެއްވޭ: ޝައިޚު އިލްޔާސް ޙުސައިން

Nurakkatheri Kankamun Salamaih Vuma Heyo Amala Varah Bodu Gulhumeh Vey: Sheikh Ilyas Hussain

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަޅުގަނޑުމެންނަށް ދިމާވެފައިވާ ނުރައްކާތެރިކަންކަމުން ސަލާމަތްވުމާއި ހެޔޮ ޢަމަލާއި ވަރަށް ބޮޑު ގުޅުމެއްވާ ކަމަށް އައްޝައިޚު އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

އައްޝައިޚު އިލްޔާސް ޙުސައިން މިހެން ވިދާޅުވެފައި މިވަނީ ކޯވިޑް 19 އާއި ވިދިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒިން ބާއްވަވާ ސިލްސިލާ ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މުޞީބާތްތަކުން ސަލާމަތްވުމާއި ހެޔޮ މަގަށް ރުޖޫޢަވުމާއި ހުރި ގުޅުން" މިމައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން އައްޝައިޚު އިލްޔާސް ޙުސައިން ވިދާޅުވެފައިވާ ގޮތުގައި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަރިހުގައި "أنهلك و فينا الصالحون؟" (ތިމަންމެންގެ ތެރޭގައި ރަގަޅު ޞާލިޙު ބަޔަކު ތިއްބާ ތިމަންމެން ހަލާކު ކުރެވޭނެ ހެއްޔެވެ؟) މިހެން ސުވާލު ދެންނެވުމުން އެކަލޭގެފާނު މިފަދައިން ޙަދީޘް ކުރެއްވިއެވެ. "إذا كثر الخبث." (ނުބައި ކަންތައްތައް ޢާއްމުވެއްޖެ ނަމައެވެ.)

މީގެ އިތުރުން ޝައިޚު ވިދާޅުވެފައިވާ ގޮތުގައި އަޅުގަނޑުމެންނަށް ދިމާވެފައިވާ ކަންތައްތަކުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެންގެ ޢަމަލުތައް ރަގަޅުކުރުން ވަރަށް މުހިއްމެވެ. ސަބަބަކީ ﷲ ގެ ޙަޟްރަތަށް އުފުލެނީ ހެޔޮ ޢަމަލުތަކެވެ. އެކަލާނގެ ޥަހީ ކުރައްވާފައިވެއެވެ. إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ ۚ (މާނައީ: ރަނގަޅު ބަސްތައް އުފުލިގެންދަނީ، އެކަލާނގެ حضرة އަށެވެ. އަދި صالح عمل އެކަލާނގެ حضرة އަށް އުފުލައްވަތެވެ.)

ޝައިޚުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވާ ގޮތުގައި ނުބައިކަންތައްތަކުން ދުރުވެ ހެޔޮ ޢަމަލުތައް ގިނަވާ ވަރަކަށް އަޅުގަނޑުމެންނަށް ﷲ ގެ ރަޙްމަތް ތަނަވަސްވެގެންދާނެއެވެ.

ޓެގް

ދަރުސް ޚަބަރު ޝައިޚު އިލްޔާސް ޙުސައިން ކޮވިޑް19 ނަސޭހަތް ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.