އެމެރިކާ ނިޔު ޔޯރކުގެ މުސްލިމް ލީޑަރުން ޖޯޖް ފްލޮޔިޑްގެ މަރު ކުށްވެރިކޮށްފި

ނިޔު ޔޯރކުގެ މުސްލިމް ލީޑަރުން ޖޯޖް ފްލޮޔިޑްގެ މަރު ކުށްވެރިކޮށްފި

New Yorkge Muslim Leaderun George Floydge Maru Kuhverikohfi

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނިޔު ޔޯރކުގެ މުސްލިމު ލީޑަރުން ޖޯޖް ފްލޮޔިޑްގެ މަރު ކުށްވެރިކޮށްފިއެވެ.

ނިޔު ޔޯރކުގެ އިސްލާމިކް ލީޑަރޝިޕް ކައުންސިލް (ނުވަތަ މަޖްލިސުއް ޝޫރާ) އިން ނެރެފައިވާ ބަޔާނުގައިވާ ގޮތުގައި ފުލުހުންގެ އަނިޔާގައި ކަޅު ނަސްލުގެ އިތުރު މީހަކު މަރާލެވުމުން އެމެރިކާގެ ސަލާމަތީ ބާރުތަކުން ރައްޔިތުން ޙިމާޔަތްކުރަން ނުކުޅެދިފައިވާ ކަން ހާމަވެއެވެ. އަދި ފްލޮޔިޑްގެ މަރުން އެމެރިކާގައި ނަސްލީ އިމްތިޔާޒު ކުރުމުގެ ވަބާގެ މޫތައް ހަރުވެފައިވާ މިންވަރު ހަނދުމަ ކޮށްދޭކަމަށްވެސް މިބަޔާނުގައިވެއެވެ.

"މުސްލިމުންގެ ގޮތުގައި އަނިޔާ ލިބިފައިވާ، އަދި އެކަހެރި ކުރެވިފައިވާ މީހުންނާއި އެކު ތިބުމަކީ އަހަރެމެންނަށް ވާޖިބު ކަމެއް. އަދި ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަން ފެނުމުން އެކަމާއި އިދިކޮޅަށް ތެދުވުމަކީ އަހަރެމެން މެދުކެނޑުމެއް ނެތި ކުރަންޖެހޭ ކަމެއް" މިބަޔާނުގައި މަޖްލިސުއް ޝޫރާއިން ބުނެފައިވެއެވެ. މީގެ އިތުރުން މަޖްލިސުއް ޝޫރާއިން ގޮވާލަނީ އެންމެހާ ނިކަމެތި މުޖްތަމަޢުތަކުން ރައްކާތެރިކަން އިޚްތިޔާރުކޮށް ބޭއިންސާފާއި އިދިކޮޅަށް އެކުއެކީ މަސައްކަތްކުރުމަށެވެ.

ނަސްލީ ތަފާތު ކުރުމުގެ ތެރޭގައި މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު ފުލުހުންގެ އަތް ދަށުން ނުޙައްޤުން މަރާލެވުނު ޖޯޖް ފްލޮޔިޑްގެ މަރާއި ވިދިގެން އެމެރިކާގައި ވަރުގަދަ އިޙްތިޖާޖުތަކެއް ކުރެވެމުން ދާއިރު، ބައިނަލްއަޤްވާމީ ގޮތުން އެކިއެކި ފަރާތްތަކުން ދަނީ ފްލޮޔިޑްގެ މަރު ކުށްވެރިކުރަމުންނެވެ.

ޓެގް

ނަސްލީ އިމްތިޔާޒު ޖޯޖް ފްލޮޔިޑް އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.