ރާއްޖޭގެ ޚަބަރު ހުރިހާ ތަނަކަށް ލުއިދޭއިރު މިސްކިތްތައް ހުޅުވާލަން ޖެހޭ: ޑރ ޝަހީމް

ހުރިހާ ތަނަކަށް ލުއިދޭއިރު މިސްކިތްތައް ހުޅުވާލަން ޖެހޭ: ޑރ ޝަހީމް

Huriha Thanakah Lui Dheyiru Miskiyythah Hulhuvaalan Jehey Dr Shaheem

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުރިހާ ތަނަކަށް ލުއި ދޭއިރު މިސްކިތްތައް ހުޅުވާލަން ޖެހޭ ކަމަށް ޑރ ޝަހީމް ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ހުރިހާ ތަނަކަށް ލުއިދޭއިރު މިސްކިތްތައް ހުޅުވާލަން ޖެހޭކަމަށާއި، ހުރިހާ ތަނަކަށް ލުއިދޭއިރު މިސްކިތްތައް ބަންދުކޮށްފައި ހުރުމަކީ ޤަބޫލު ކުރެވޭކަމެއް ނޫންކަމަށެވެ. މީގެ އިތުރުން ވިދާޅުވެފައިވާ ގޮތުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމަށް ސަމާލުކަން ދީގެން ވިޔަސް މިސްކިތްތައް ހުޅުވާލަން ޖެހެއެވެ.

ޑރ ޝަހީމް މިހެން ވިދާޅުވެފައިވަނީ ކަންމަތީ ފިހާރަތަކާއި، ބުކްޝޮޕް ފަދަ ތަންތަން ހުޅުވާލުމަށް ސަރުކާރުން ހުއްދަ ދެއްވާ، ބޭންކުތައް ހަފްތާއަކު 3 ދުވަހު ހުޅުވާ ޚިދުމަތް ދެއްވުމަށް ހަމަޖައްސަވާފައި ވަނިކޮށެވެ.

ކޯވިޑް19 ގައި ފުރަބަންދުގައި ނުވާ ރަށްތަކާއި، ފުރަބަންދު އުވާލެވި މޮނިޓަރިންގް ގައިވާ ޖުމްލަ 7 ރަށެއް ފިޔަވާ ހުރިހާ ރަށެއްގެ މިސްކިތްތައް މިމެއި މަހުގެ 22 ވަނަ ހުޅުވާލެވިފައެވެ. އަދި އެޗްޕީއޭއިން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް ޖުލައި މަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު މާލޭ އާއި މާލެ ފަދަ ލޮކްޑައުންގައިވާ ރަށްރަށުގެ މިސްކިތްތައް ހުޅުވޭނެއެވެ.

ޓެގް

ޑރ ޝަހީމް ލޮކްޑައުން ކޯވިޑް 19 ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.