ރާއްޖޭގެ ޚަބަރު ރާއްޖެއިސްލާމް.ކޮމް ސުވާލާއި ޖަވާބު ސެކްޝަން މުޅިން އާފޭރާމެއްގައި ނެރެފި

ރާއްޖެއިސްލާމް.ކޮމް ސުވާލާއި ޖަވާބު ސެކްޝަން މުޅިން އާފޭރާމެއްގައި ނެރެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަހްސަން

ރާއްޖެއިސްލާމް.ކޮމް ސުވާލާއި ޖަވާބު ސެކްޝަން މުޅިން އާފޭރާމެއްގައި ނެރެފިއެވެ.

މީގެ ކުރިން ރާއްޖެއިސްލާމް ވެބްސައިޓްގައި ހިންގަމުން އައި ސުވާލާއި ޖަވާބު ސެކްޝަން ފަރުމާ ބަދަލުކޮށް ކިޔުންތެރިންނާއި ހަމައަށް ގެނެސްދީފައިވަނީ ކިޔުންތެރިންނަށް ފަސޭހާވާނެ ގޮތަކަށެވެ. އަޅުކަމާއި ޠަހާރަތާއި ޢާންމު މައުޟޫމާތު، މުޢާމަލާތާއި ޙަރާމް ޙަލާލް ގެ ކެޓަގަރީތައް އެކުލެވޭނެހެން ސުވާލުތައް ގެނެސްދީފައިވާއިރު އެސުވާލުތަކަށް ޖަވާބު ދެއްވަނީ ރާއްޖޭގެ މަޝްހޫރު ޝެއިހުންނެވެ. ސުވާލުތަކަށް ޖަވާބުދެއްވުމަށް މިވަގުތު ހަމަޖެހިފައިވާ ޝޭޚުންގެތެރޭގައި އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް، އައްޝައިޚް މުޙައްމަދު ޢިޔާޟު އަބްދުއްލަޠީފް އަދި އައްޝައިޚް ޙަސަން މޫސާ ފިކުރީ ހިމެނޭކަމަށާއި  އިތުރު ޝައިޚުން ޖަވާބު ދިނުމަށް ހަމަޖައްސަމުންދާވަހަކަ ރާއްޖެއިސްލާމް އިން ހާމަކުރައްވައެވެ.

ރާއްޖެއިސްލާމް އިން ހާމަކުރައްވާ ގޮތުގައި "ކިޔުންތެރިންގެ ސުވާލުތައް ފޮނުއްވާއިރު ލެޓިނުން ލިޔުމުގެ ބަދަލުގައި ދިވެހިން ލިޔުމަށް ދަންނަވަމެވެ. އަދި ވީހާވެސް ކުރުކޮށް ސުވާލު ފޮނުއްވުމަކީ އެދެވިގެން"ވާ ކަމަށެވެ.

ރާއްޖެއިސްލާމް ސުވާލާއި ޖަވާބު ސެކްޝަނަށް ޒިޔާރަތް ކުރައްވާ!

ޓެގް

ފަތުވާ ސުވާލު ޝެއިޚް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.