ޔުނައިޓަޑް އެރަބް އެމިރޭޓްސްގެ އެއްމެ ބޮޑު އެއް ސިޓީކަމަށްވާ ޝާރިޤާގެ ޓަވަރެއްގައި ރޯވެއްޖެއެވެ. މިއަލިފާންގަނޑު ރޯވެފައިވަނީ އެޤައުމުގެ މީހުން ދިރިއުޅޭ ޓަވަރެއްކަމުގައިވާ އެބްކޯ ޓަވަރުގައެވެ.
ޝާރިޤާގެ މަދަނީ ދިފާޢީ ބާރުތަކުން ބުނާ ގޮތުގައި 47 ބުރީގެ މިއިމާރާތުގައި އަލިފާންގަނޑު ރޯވިކަމަށް ބެލެވެނީ މިރޭ 9.04 ގައި އިމާރާތުގެ 10 ވަނަ ބުރީގައެވެ. އަލިފާންގަނޑު ރޯވުމާއި ވިދިގެން ޝާރިޤާގެ ޕޮލިހުންނާއި، އަލިފާން ނިވާލުމުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، އެމްބިއުލަންސްތަކުންވަނީ އެޓަވަރާއި ކައިރި ސަރަޙައްދުތައް ބަންދުކޮށްފައެވެ. އަދި އެބްކޯ ޓަވަރާއި، އަލިފާނުގެ ގެއްލުންވުމުގެ ބިރު އޮތް ކައިރި 5 އިމާރާތެއްގައި ދިރިއުޅެމުންދާ ރައްޔުތުން ސަލާމަތީ ހިސާބުތަކަށް ގެންދަވާފައެވެ.
އެމިރޭޓްސްގެ ނޫހެއްކަމަށްވާ ޚަލީޖު ޓައިމްސްގައިވާ ގޮތުން މިއަލިފާންގަނޑު މިހާޜުވަނީ ކޮންޓްރޯލް ކުރެވި މުޅިން ނިވާލެވިފައެވެ. ކަމާއި ބެހޭ އިދާރާތަކުން ވިދާޅުވާ ގޮތުގައި މިޙާދިޘާގައި އެއްވެސް ފަރާތަކަށް ގެއްލުން ލިބިފައެއްނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...