ސުފުރާ މަސްކުރޮޅި

މަސްކުރޮޅި

މަސްކުރޮޅި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާނެ ތަކެތި:

150ގ ހިކި މަސް
1 ކުރޮޅި ކުދިކޮށް ކޮށާފައި
1 މޭޒުމަތީ ސަމުސާގެ އަސޭމިރުން
4 ހިކި މިރުސް
1 ގިތެޔޮ މިރުސް
2 ފިޔާ ކޮށާފައި
15 ހިނކަދިފަތް
6 ލޮނުމެދު
1 އިންޗި ހުންނަވަރުގެ އިނގުރު ކޮޅެއް ގާނާފައި
1 ލުބޯގެ ހުތް
ލޮނު

ތައްޔާރުކުރާނެ ގޮތް:

ލުނބޯ ހުތް ފިޔަވައި އެހެން ހުރިހާ އެއްޗެއް މިކްސަރގެ ތަށިގަނޑަށް އެޅުމަށްފަހު މިކްސަރުން ރަނގަޅަށް މުގުރާލާށެވެ. މުގުރަމުންދާ ވަގުތުގައި އެއިގެ ތެރެއަށް ލުނބޯ ހުތް އަޅާށެވެ. އެކު މިކްސަރަށްއަޅާށެވެ. މުގުރަންވާނީ ރަނގަޅަށް ތަކެތި އެއްވެ ކުޑަ ތެތްކަމެއް އޭގައި އުފެދެންދެނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.