"ސުއޫދު ވާހަކަދެއްކީ ޤައުމު ހަލަބޮލިކޮށް މިނިވަން ޖުޑީޝަރީ އަޅުވެތި ކުރުމަށް"

"ސުއޫދު ވާހަކަދެއްކީ ޤައުމު ހަލަބޮލިކޮށް މިނިވަން ޖުޑީޝަރީ އަޅުވެތި ކުރުމަށް"
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

މަރާލާފައިވާ މީހުންނާއި ވީނުވީއެއްނޭގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަާ ކޮމިޝަންގެ ރައީސް އަލްއުސްތާޛު ހުސްނުއްސުއޫދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާމެދުކުރި ޖިނާއީ ބޮޑެތި ތުހުމަތު ތަކަކީ ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފާ ޤައުމު ހަލަބޮލިކޮށް މިނިވަން ޖުޑީޝަރީ އަޅުވެތިކުރުމަށް ދެއްކި ނުރައްކާތެރި ވާހަކަތަކެއް ކަމުގައި ކްރިމިނަލް ކޯޓުން ބުނެފިއެވެ.

އެކޯޓުން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސުއޫދުގެ ވާހަކަތަކަކީ މަޤާމްގެ ނާޖާއިޒް މަންފާތަކެއް ހޯދުމަށް ދެއްކި ނުރައްކާތެރި ބިރުވެރި ވާހަކަތަކެއް ކަމަށާއި އެވާހަކަތަކަކީ އަދުލުގެ ނިޒާމާއިމެދު އާއްމުންގެ ހިތްތަކުގައި ނަފުރަތު އުފައްދާ ޝަރުއީ ނިޒާމްގެ ޙުރުމަޓް ކަނޑާލާއި ކޯޓުތަކުގެ ބާރު ކަނޑުވާލުމުގެ ބޭނުމުގައި ދެއްކި ވާހަކަތަކެއް ކަމަށެވެ. އަދި ރައީސް އުފެއްދެވި ކޮމިޝަނުގެ ބޭނުމަކީ ވަކި މައްސަލަތަކެއް ބެލުން ކަމަށް ވާއިރު ސުއޫދު ވާހަކަ ދެއްކެވީ ކޮމިޝަންގެ އިހްތިސާސުން ބޭރުން ކަމުގައި ކްރިމިނަލް ކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.



ޤާޟީންނަށް ކުރި ތުހުމަތުތަކުގެ މައުލޫމާތު ދޭން ޖެހިއްޖެ

"މި ކޯޓުގެ ހުރުމަތްކެނޑޭހެން މީޑިއާގައި ވާހަކަ ދައްކައި މި ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް ދެއްކުމުގެ ގޮތުން ހުސްނުއްސުއޫދު ދައްކާފައިވާ ވާހަކަތައް މި ކޯޓުން ކުށްވެރިކުރަމެވެ." ކްރިމިނަލް ކޯޓުގެ ބަޔާނުގައިވެއެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅޭނެ ނިޒާމު ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ކަނޑައަޅާފައި ވަނިކޮށް އޭގެ ބޭރުން ކަންތައް ކުރުމަކީ އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މައްސަލަ ތަހުގީގުކޮށް ނިންމި ނަމަވެސް ކްރިމިނަލް ކޯޓްގެ ތެރެއިން އިންސާފު ނުލިބޭނެ ކަމަށް ބުނުމަކީ ސުއޫދު އަމިއްލައަށް ގޮތް ނިންމައިގެން ދެއްކެވި ވާހަކަތަކެއް ކަމަށާއި ސުއޫދުގެ މި ވާހަކަތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ދެއްކި ވާހަކަތަކެއް ކަމަށް ވެސް ބުންޏެވެ.

ކްރިމިނަލް ކޯޓުންވަނީ އެކޯޓުގެ ފަނޑިޔާރުންގެ ޚުރުމަތް ކެނޑޭނެހެން ކުރާ ކަންކަން ބަލާނެ ކަމަށް ބުނެފައެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.