އިސްލާމީ އޮންލައިން ފިހާރައެއް ވުޖޫދަށް އަންނަން އުޅޭކަމަށް އެވެބްސައިޓް ހެދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ދިއިސްލާމްއަށް ހާމަކޮށްފިއެވެ.
ދިއިސްލާމްއަށް މައުޟޫމާތު ދެއްވަމުން އިސްލާމީ އޮންލައިން ވެބްސައިޓްގެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި 'މިއީ މުސްލިމުންނަށް ހާއްސަ އޮންލައިން ފިހާރައެއް ކަމަށާއި މިފިހާރައިން ތަފާތު ބާއްވަތްތަކުގެ ސާމާނު ލިބެން ހުންނާނެކަމަށެވެ. ފިހާރަ ހުޅުވާއިރު ފިހާރައިގައި މިވަގުތު ލިބެން ހުންނާނީ ދީނީ ދިވެހި އަދި އިނގިރޭސި ފޮތްތަކާއި ދީނީ ސީޑީތައް ކަމަށާއި އޭގެ އިތުރުން ބައެއް އެހެނިހެން ސާމާނުވެސް ލިބެން ހުންނާނެ" ކަމަށެވެ. އެފަރާތުން ހާމަކުރެއްވި ގޮތުގައި "މިފިހާރައިން އިންޝާﷲ ބަލާނަން ބައްލަވައިގަންނަ ތަކެތި ފޯރުކޮށްދެވޭތޯ.. އޮންލައިންކޮށްވެސް ފައިސާ ދެއްކޭގޮތައް ކުރިއަށް އޮތްތަނުގައި ހަދަން މަސައްކަތްކުރާނަން އިންޝާﷲ. ނަމަވެސް ފަށައިގަންނައިރު މިބަލަނީ ޕޭމަންޓް ގަންނަ ފަރާތައް އެގަންނަ އެއްޗެއް ފޯރުކޮށްދޭއިރު ފައިސާ ނެގޭތޯ." ކަމަށެވެ.
މުސްލިމުންނަށް ހާއްސަ ފިހާރަތައް މާލޭގައި އާންމުވަމުން އަންނައިރު މިފަދަ ފިހާރައެއް ވެބްސައިޓްއެއްގެ ސިފައިގައި ފެނިގެން ދިއުމަކީ އިންޓަނެޓް ބޭނުންކުރާ އެތައް ބަޔަކަށް އުފާވެރި ހަބަރެކެވެ. ހަބަރު ލިބޭގޮތުގައި އެވެބްސައިޓް ވަރަށް އަވަހަށް ވުޖޫދަށް އަންނާނެކަމަށެވެ. އިންޝާﷲ މިއޮންލައިން ފިހާރައިގެ މައުޟޫމާތުތައް ދިއިސްލާމް މެދުވެރިކޮށް ގެނެސްދެވޭތޯ ބަލާނަމެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...