ރ އަނގޮޅިތީމް މަސްޖިދުލް ތަޢާލުފްގައި ކައުންސިލުން ހުއްދަނުނަގާ ދަރުސްދީފައިވާތީ އައްޝައިޚް މުޙައްމަދު ޝަމްޢޫން އަނގޮޅިތީމް ކައުންސިލް އިދާރާއަށް ހާޟިރުވުމަށް އަންގައިފިއެވެ.
މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވި އަނގޮޅިތީމްގެ ރައްޔިތަކު ވިދާޅުވީ ރޭ މަޣްރިބް ނަމާދަށް ފަހުގައި އަނގޮޅިތީމް މަސްޖިދުލް ތަޢާލުފްގައި ކައުންސިލްގެ ހުއްދަނެތި ދަރުސްދީފައިވާތީ ޝައިޚް ޝަމްއޫން ކައުންސިލްގެ އިދާރާއަށް ހާޟިރުވުމަށް ކައުންސިލް އިދާރާގެ ފަރާތުން އެތަނުގެ މަސައްކަތު މީހާ އަނގަބަހުން ޝައިޚް ޝަމްޢޫންއަށް އަންގާފައިވާ ކަމަށެވެ. އަދި ލިޔުމަކުން އެކަން އެނގުމަށް ޝައިޚް ޝަމްޢޫން އެދިފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އަނގޮޅިތީމް ކައުންސިލްގެ ރައީސް ޤާސިމް ހަސަން ވިދާޅުވެފައިވަނީ ޝައިޚް ޝަމްޢޫނަށް ކައުންސިލް އިދާރާއަށް ހާޟިރުވުމަށް އެންގީ ހުއްދަނެތި މިސްކިތުގައި ދަރުސް ދީފައިވާތީ އެކަމުގެ މައުލޫމާތު ސާފުކުރުމަށް ކަމަށާއި ދަރުސް ހުއްޓުވުމުގެ މަޤްޞަދުގައި ނޫންކަމަށެވެ.
"ރޭ މިސްކިތުގައި ދަރުސް ހިނގަމުންދިޔަ ވަގުތު ރަށުގެ ދެތިން މީހަކު އަޅުގަނޑު ގާތު އެހި ހުއްދަ ހޯދައިގެންތޯ ދަރުސް ދެނީ. އަޅުގަނޑު ބުނިން އަޅުގަނޑަށް އެނގިފައެއް ނެތޭ. ވަރަށް ގިނަ ރައްޔިތުން އެދުނު ދަރުސް ހުއްޓުވަންވެސް. އެމީހުންބުނި ދެން ހުކުރު ހޮނިހިރުގައި ތިމަންނަމެންވެސް މީހަކު ގެނެސް ހުއްދަ ނުނަގާ ދަރުސް ދޭންވީތޯ" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް އިތުރަށް ވިދާޅުވީ އިސްލާމިކް އެފެއަރޒް މިނިސްޓްރީއިން މިސްކިތްތައް ހިންގުމާއި ހަވާލުކޮށްފައިވަނީ ކައުންސިލާއި ކަމަށާއި މިސްކިތުގައި ދަރުސްދޭނަމަ ކައުންސިލްގެ ހުއްދަ ހޯދަން ޖެހޭނެކަމަށެވެ.
"ދެން މައުލޫމާތު ސާފުކުރުމަށް ހާޟިރުވާން ބުނުމުން މިބުނަނީ ލިޔުމުން އަންގާށޭ. އެއްވެސް މީހަކަށް އެރަށެއްގެ ކައުންސިލަށްވުރެ މަތީގައި ނުހުރެވޭނެ " ޤާސިމް ވިދާޅުވިއެވެ.
ހުއްދަނެތި މިސްކިތުގައި ދަރުސް ދިނުމުން ޝައިޚް ޝަމްޢޫން ކައުންސިލް އިދާރާއަށް ހާޟިރުވުމަށް އަންގާފައިވާއިރު މިއަހަރުގެ އަޟްހާ ޢީދު ނަމާދު މައިދާނުގައި ކުރުމަށް އަނގޮޅިތީމްގެ އަނގޮޅިތީމް ކުރިމަގުގެ ރޫޙް ޖަމިއްޔާއިން ކުރި މަސައްކަތް ކައުންސިލުން ހުއްދަ ނުދިނުމުގެ ސަބަބުންވަނީ ހުއްޓާލަންޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...