ސުފުރާ މިއަދު ހިނގާ މަސް ތެލުލާން

މިއަދު ހިނގާ މަސް ތެލުލާން

މިއަދު ހިނގާ މަސް ތެލުލާން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާނެ ތަކެތި
- ތެލުލާ ގޮތަށް ކޮށާފަހުރި މަސް (ފަރުމަސް ނުވަތަ ކަނޑުމަސްވެސް ބޭނުންކުރެވިދާނެ)
- ލޮނު
- ތެޔޮ
- 4 ބިސް
- 5 މޭޒުމަތީ ސަމްސާ ލޮނުމިރުސް
- 1 ޖޯޑު ފުށް

ތައްޔާރުކުރާނެ ގޮތް
ބިހާއި ލޮނުމިރުމާއި ކުޑަ ލޮނުކޮޅެއް އެޅުމަށްފަހު ރަނގަޅަށް ހުރިހާ އެއްޗެއް އަތުން އެއްކޮށްލާށެވެ. އެއަށްފަހު މަޑުމަޑުން ފުށް އަޅަމުން އެއްކުރަމުން ގެންދާށެވެ. ހުރިހާ ފުށެއް އެކުވުމުން އޭގެ ތެރެއަށް ފަހަރަކު މަސްކޮޅެއްލާ މަސްކޮޅުގައި ރަނގަޅަށް ހާކާލާށެވެ. އެއަށްފަހު ތަވައެއްގައި ތެޔޮ ހޫނުކުރުމަށްފަހު މަސްކޮޅުތައް ރޯފިލަންދެން ތެލުލާށެވެ.

ތެޔޮ ހޫނުވުމުން އޭގެތެރެއަށް މަސްތައް އެޅުމަށް ހަނދާންކުރައްވާށެވެ. ތެޔޮ ހޫނުނުވެހުއްޓާ މަސްތައް އަޅައިފިނަމަ މަސްތަކުގެ ތެރެއަށް ގިނަ އަދަދަކަށް ތެޔޮވަނުމަކީ އެކަށީގެންވާ ކަމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.