ސުފުރާ މިއަދު ހިނގާ ސިނަމަން ޗިކަން ވިންގްސް ތައްޔާރުކުރަން

މިއަދު ހިނގާ ސިނަމަން ޗިކަން ވިންގްސް ތައްޔާރުކުރަން

މިއަދު ހިނގާ ސިނަމަން ޗިކަން ވިންގްސް ތައްޔާރުކުރަން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މެރިނޭޓް ކުރުމަށް ބޭނުންވާނެ ތަކެތި
- ރަނގަޅަށް ސާފުކޮށްފައިހުރި އެއްކިލޯ ޗިކަން ވިންގްސް
- 5 މޭޒުމަތީ ސަމްސާ ޔޯގަޓް
- 1/2 1 މޭޒުމަތީ ސަމްސާ ކޮރިއެންޑަރ (މުގުރާފައި)
- 1/2 1 މޭޒުމަތީ ސަމްސާ ދިރި (މުގުރާފައި)
- 1 މޭޒުމަތީ ސަމްސާ ލޮނު
- 1 މޭޒުމަތީ ސަމްސާ މިރުސް (މުގުރާފައި)
- 1 މޭޒުމަތީ ސަމްސާ ރީނދޫ (މުގުރާފައި)
- 1 މޭޒުމަތީ ސަމްސާ ލޮނުމެދު (ޗިސްކޮށްފައި)
- 1 މޭޒުމަތީ ސަމްސާ އިނގުރު (ޗިސްކޮށްފައި)

އިތުރަށް ބޭނުންވާނެ ތަކެތި
- 1/4 ޖޯޑު ތެޔޮ
- 2 މޭޒުމަތީ ސަމްސާ އިނގުރު (ގާނާފައި)
- 1/3 ޖޯޑު ވިނިގަރ
- 1/2 1 މެޒުމަތީ ސަމްސާ ފޮނިތޮށި (މުގުރާފައި)
- 1 މޭޒުމަތީ ސަމްސާ ޕެޕްރިކާ (މުގުރާފައި)
- 1 ލުނބޯގެ ހުތް

ތައްޔާރުކުރާނެ ގޮތް:
މެރިނޭޓް ކުރުމަށް ބޭނުންވާ ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު އޭގެ ތެރެއަށް ޗިކަން ވިންގްސްތައް އެޅުމަށްފަހު 2 ގަޑިއިރު ވަންދެން އައިސްއަލަމާރީގައި ބަހައްޓަވާ. އެއަށްފަހު ކައްކަން ގާތްވުމުން އައިސްއަލަމާރިން ނަގައި ފިނިކެނޑެންދެން ބަހައްޓަވާ.

އެއަށްފަހު ތަވާއަކަށް ތެޔޮ އަޅާ ހޫނުވުމުން ގާނާފައިހުރި އިނގުރު އެޅުމަށްފަހު ކުޑަ ވަގުތު ކޮޅަކަށް އިނގުރުކޮޅު ތެޔޮތެރޭގައި ހަލުވާލަ. އެއަށްފަހު ވިނިގަރ، ލުނބޯ ހުތް، ޕެޕްރިކާ، ފޮނިތޮށި އެޅުމަށްފަހު 4 މިނެޓް ވަންދެން ކައްކާލަ. ކެކުމުން އުނދުން ނިއްވާލުމަށްފަހު ކެއްކި އެއްޗެހި ހިހޫވުމުން މެރިނޭޓްކުރި ޗިކަން ވިންގްސްތައް ކެއްކި އެތީގެ ތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާ.

އަވަން 170 އަށް ހޫނުކުރުމަށްފަހު ޓްރޭއަށް ޗިކަން ވިންގްސްތަކާއި އެއާއި އެއްކުރި އެއްޗެހި އެޅުމަށްފަހު 20 މިނެޓް ވަންދެން ރަނގަޅަށް ފިހެލާ.

ހިހޫވުމުން އެހުރީދެން ކާން ތައްޔާރުވެފައި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.