ދުނިޔެ ނިއުޒިލޭންޑްގެ ކްރިސްޓްޗާރޗަށް ވަރުގަދަ ބިންހެލުމެއް.

ނިއުޒިލޭންޑްގެ ކްރިސްޓްޗާރޗަށް ވަރުގަދަ ބިންހެލުމެއް.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހާތިމް

ނިއުޒިލޭންޑްގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ކްރިސްޓްޗާރޗަށް 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ. ނޫސް އިދާރާތަކުން ހަބަރުލިބޭ ގޮތުގައި އެންމެ ބޮޑަށް ގެއްލުން ވެފައިވާ ތަނަތަނުގެ ތެރޭގައި ކްރިސްޓްޗާރޗުގައި ހުންނަ ބޮޑު ފައްޅިއެއް ހިމެނެއެވެ.

ނިއުޒިލޭންޑްގެ ދެވަނައަށް އެންމެ ބޮޑު ސިޓީއަށް އައި މި ބިން ހެލުމުގައި މަދުވެގެން 65 މީހުން މަރުވެފައިވާނޭ ކަމަށް އެޤައުމުގެ ޕްރައިމް މިނިސްޓަރ ވިދާޅުވެއެވެ. މިއީ، 80 އަހަރުތެރޭގައި އެޤައުމަށް ކުރިމަތިވި އެންމެ ބޮޑު ޤުދުރަތީ ކާރިޘާއެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް ކްރިސްޓްޗާރޗްގެ ހުޅަނގުން ބިންހެލުމެއް އައިސްފައިވެއެވެ. ނަމަވެސް މިފަހަރުގެ ބިންހެލުމުން މާ ބޮޑު ގެއްލުން އެޤައުމަށް ކުރިމަތިވެފައިވާކަމަށް އެޤައުމުގެ ރަސްމީ ފަރާތްތަކުން މައުލޫމާތުދެއެވެ.

މިފަދަ އެހެނިހެންވެސް ޤުދުރަތީ ޙާދިސާތަކުގައި ފައްޅިތައް ހަލާކުވެގެން ދާއިރު މިސްކިތްތައް ރައްކާތެރިކުރެވިގެން ވާކަމީ ޢިބްރަތްލިބިގަންނަން ވީ ކަމެކެވެ. އަދި ނިއުޒިލޭންޑް ފަދައިން އަހަރަކު 14،000 ބިންހެލުން އަންނަ ތަނެއްގައި ރައްކާތެރިވާން އެއްވެސް ކަމެއް ނުކުރެވޭއިރު، ރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމުތަކުގައި އެލާރޓް ސިސްޓަމްތަކަށް ކުރެވޭނީ ކޮން އިތުބާރެއްތޯއެވެ.

ޓެގް

ބިންހެލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.