ހުޅަނގު ޔޫރަޕްގައި ހެދި އެންމެބޮޑު މިސްކިތް ނެދަލޭންޑުގައި ހުޅުވައިފިއެވެ. މިސްކިތުގެ ކޮންސްޓްރަކްޝަން މަސައްކަތް ފަށާފައިވަނީ 2003 ވަނައަހަރުއެވެ. މިސްކިތުގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅުން ވިދާޅުވިގޮތުގައި 2 އަހަރުތެރޭގައި ހުޅުވަން ޤަޞްދުކުރި މިސްކިތް
ނުހުޅުވި ގިނަދުވަސްތަކެއް ފާއިތުވެގެންދިޔައީ ސިޔާސީ ބައެއްމައްސަލަތައްކުރިމަތި ވުމުންނެވެ.
ގާތްގަނޑަކަށް 3000 މީހުންގެ ޖާގައިގެ ބޮޑުމިނުގައި ހަދާފައިވާ މި މިސްކިތުގައި 50 މީޓަރު ހުންނަ 2 މުންނާރު ހުރެއެވެ. މި މިސްކިތަކީ ޑުބާއީގެ އެހީދޭ ޖަމާޢަތެއްކަމުގައިވާ އަލްމަޚްތޫމް ފައުންޑޭޝަން އިން އެހީލިބިގެން ހަދާފައިވާ ވަރަށް ފުރިހަމަ މިސްކިތެކެވެ.
ނެދަލޭންޑަކީ މުސްލިމުންނަށް ވަރަށް ގިނަ ގޯނާތައް ކުރިމަތިވާ ޤައުމެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...