ނުވަ ވަނަ ކައުންޓަރ ޓެރަރިޒަމްގެ ސަރަޙައްދީ ބައްދަލުވުން ރާއްޖޭގައި ފަށައިފި

ނުވަ ވަނަ ކައުންޓަރ ޓެރަރިޒަމްގެ ސަރަޙައްދީ ބައްދަލުވުން ރާއްޖޭގައި ފަށައިފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

އ.ދގެ ކައުންޓަރ ޓެރަރިޒަމް ކޮމިޓީގެ އެގްޒެކެޓިވް ކޮމިޓީ (ސީޓެޑް( އާއި ގްލޯބަލް ސެންޓަރ އޮން ކޯޕަރޭޓިވް ސެކިއުރިޓީ ގުޅިގެން، އެމެރިކާ އާއި ޑެންމާރކްގެ އެހީތެރިކަމާއިއެކު، ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކުގެ ޖަޖުންނަށާއި، ޕްރޮސެކިއުޓަރުންނަށް އަދި ޕޮލިސް އޮފިސަރުންނަށް ޢަމާޒުކޮށްގެން، ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތްކުރުމުގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ބޭއްވޭ ސަރަޙައްދީ ނުވަވަނަ ބައްދަލުވުން ރާއްޖޭގައި އިއްޔެ ފަށައިފިއެވެ.

މިމަހުގެ 2 ން 4 އަށް، ބަނޑޮސް އައިލެންޑް ރިސޯޓްގައި ކުރިއަށްދާ މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުހައްމަދު ނާޒިމެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ޓެރަރިޒަމްގެ ވަބާއަކީ މިހާރު މުޅި ދުނިޔެ ކުރިމަތިލާން ޖެހިފައިވާ ވަބާއެއްކަން ފާހަގަކުރައްވާ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރެއްގައި ހުރިހާ ޤައުމުތައް އެއްބައިވެގެން މެނުވީ އެދެވޭ ދާއިމީ ޙައްލެއް ނުހޯދޭނެކަމަށް ވިދާޅުވިއެވެ. މިގޮތުން، އދ. ގެ އޮނިގަނޑުގެ ތެރެއިންނާއި، އަދި ސަރަޙައްދީ އެކިއެކި ނިޒާމުތަކުގެ ތެރެއިން މިފަދަ ބައްދަލުވުންތައް އިންތިޒާމުކުރެވި، ކަމުގެ މާހިރުންނާއި ތަޖުރިބާކާރުން އެއްތަންކުރެވި، މައުލޫމާތު ބަދަލުކުރެވޭނެ ގޮތްތައް ހޯދައިދިނުމަކީ ޓެރަރިޒަމްއާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެންމެ މުހިންމު އެއްދާއިރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އަދުގެ ސަލާމަތީ އަދި އިސްތިރާޖީ މަޝްރަޙުގައި، އެއްވެސް ޤައުމަކަށް ޓެރަރިޒަމްގެ ބިރުވެރިކަން ކުރިމަތި ވުމަކީ ނާދިރުކަމެއްކަމަށް ޤަބޫލްކޮށްގެން ތިބެވެން ނެތްކަމަށާއި، ދިވެހިރާއްޖެއަށްވެސް މިނުރައްކާތެރިކަން މިހާރު އެކިއެކި ގޮތްގޮތުން ކުރިމަތިވެފައިވާ ކަން ޑިފެންސް މިނިސްޓަރ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގެ ބައިވެރިންނަށް މަރުޙަބާއާއި ޝުކުރު ދެންނެވީ، ޑިޕާރޓްމަންޓް އޮފް ކައުންޓަރ ޓެރަރިޒަމްގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ. ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ ވާހަކަފުޅުގައި، މި ބައްދަލުވުން ދިވެހިރާއްޖޭގައި ބޭއްވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ސީޓެޑް އަދި ގްލޯބަލް ސެންޓަރއަށް ޝުކުރު ދެންނެވިއެވެ. އަދި، މި ބައްދަލުވުމަކީ، ވަރަށް މުހިންމު މަޤްޞަދެއްގައި ބޭއްވޭ ބައްދަލުވުމެއްކަން ފާހަގަކުރައްވަމުން، ޓެރަރިޒަމްއާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ޤާނޫނީ ފަރާތްތަކާއި ލޯ އެންފޯރސްމަންޓް އޮފިސަރުން އަދާކުރައްވާ ރޯލަކީ ވަރަށް މުހިންމު ރޯލެއްކަން ފާހަގަކުރައްވާ، މި ބައްދަލުވުމުގެ ސަބަބުން މިސަރަޙައްދުގެ ޖަޖުންނާއި، ޕްރޮސެކިއުޓަރުން އަދި ޕޮލިސް އޮފިސަރުންގެ ޤާބިލްކަން އިތުރުވެ، މަޢުލޫމާތު ބަދަލުކުރެވި، ގުޅުން ބަދަހިވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މިރަސްމިއްޔާތުގައި އ.ދގެ ކައުންޓަރ ޓެރަރިޒަމް އެގްޒެކެޓިވް ކޮމިޓީ ޑައިރެކްޓްރޭޓްގެ ހެޑް އޮފް ސެކްޝަންއާއި، ގްލޯބަލް ސެންޓަރ އޮން ކޯރޕަރޭޓިވް ސެކިއުރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖޭސަން އައިޕް، އަދި ނޭޕާލްގެ އެމްބެސެޑަރ ޝަމްބޫ ސިމްކާޑާ ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން، އެމެރިކާގެ ޑިޕާރޓްމަންޓް އޮފް ޖަސްޓިސްގެ ޕްރޮސިކިއުޓަރެއްކަމުގައިވާ ލޮލީޓަ ލުކޯސޭ ވެސް ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުވުމުގައި ސާރކް ޤައުމުތަކުގެ ޖަޖުންނާއި، ޕްރޮސެކިއުޓަރުންނާއި ޕޮލިސް އޮފިސަރުންގެ އިތުރުން، އ.ދ ގެ އޮފީސް ފޯރ ޑިފެންސް ކޯރޕަރޭޝަންއާއި، ސީޓެޑް އަދި ގްލޯބަލް ސެންޓަރގެ މާހިރުންނާއި ތަޖުރިބާކާރުންނާއި، އެމެރިކާ އަދި އޮސްޓްރޭލިއާއިން މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.