ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހުގެ ބައިވެރިންނާ ހޯމް މިނިސްޓަރު ބައްދަލު ކުރައްވައިފި

ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހުގެ ބައިވެރިންނާ ހޯމް މިނިސްޓަރު ބައްދަލު ކުރައްވައިފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އިން ކުރިއަށްގެންދާ ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހުގެ 31 ވަނަ ބުރުގެ ބައިވެރިންނާއި ހޯމް މިނިސްޓަރ އުމަރު ނަސީރު މިއަދު ބައްދަލު ކުރައްވައިފިއެވެ.

ފުލުހުންނަކީ ތަޢުލީމީ ޤާބިލް ބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހދ.ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ކޯހުގެ ބައިވެރިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ވަނީ ކޯހުގެ ބައިވެރިންނަށް ހިއްވަރު ދެއްވާފައެވެ.

އިއްޔެ މެންދުރު އޮތް މި ބައްދަލުކުރެއްވުމުގައި ޕަބްލިކް އޯޑަރ ޓްރެއިނިން ކޯހުގެ ބައިވެރިންގެ ހާލު ބައްލަވާލައްވައި ކޯސް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ހޯމް މިނިސްޓަރ ވަނީ ހޯއްދަވާފައެވެ. އެއަށްފަހު މި ކޯހުގެ ބައިވެރިންނާ މުދައްރިބުންނާ މުޚާޠަބު ކުރައްވައި މިނިސްޓަރ ވިދާޅުވީ ފުލުހުންނަށް ހިންގާ ޕަބްލިކް އޯޑަރ ޓްރޭނިންގ އަކި ވަރަށް މުހިއްމު ޓްރޭނިންގ އެއްކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ވަކިވެ ފާއިތުވި ދުވަސްތަކުގައި ފުލުހުންގެ ކިބައިން ފެނިގެން ދިޔައީ ލިބިދިން ތަމްރީނުގެ މުހިއްމުކަން ޢަމަލީ ގޮތުން ހިފި ހިފުން ކަމަށާއި ޤައުމުގައި އަމާން މާޙައުލެއް ޤާއިމް ކުރުމަށް ފުލުހުން ކުރަމުންދަނީ ވަރަށް ބުރަ އަދި އަގުހުރި މަސައްކަތްތަކެއް ކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ ފުލުހުން ތިބެންޖެހޭނީ އަބަދުވެސް ތައްޔާރީ ޙާލަތުގައި ކަމަށާއި ޤައުމަށް ނުވަތަ ރައްޔިތަކަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ބަޔަކަށް ފުލުހުން ވާން ޖެހޭނެ ކަމަވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ހޯމް މިނިސްޓަރގެ އިތުރުން ހޯމް މިނިސްޓްރީގެ އިސް ބޭފުޅުންނާއި އަޕަރ ނޯތު ޑިވިޜަންގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ނަސްރުﷲ ޖަލީލު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކުޅުދުއްފުށީގައި އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހު ފެށި ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހަކީ ޑިވިޜަނަލަ އޮޕަރޭޝަންސް ކޮމާންޑުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. މި ކޯހުގައި 30 ފުލުހަކު ބައިވެރިވެއެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.