ޓޫރިޒަމް މިނިސްޓަރު އަދި އިންވެސްޓްމެންޓް ބޯޑުގެ ޗެއާމަން އަހްމަދު އަދީބުގެ މައްޗަށް ތުހުމަތުކުރާ ހިޔާނާތުގެ ބައެއް މައްސަލަ ތަކަކީ އޭސީސީން މިހާރުވެސް ބަލަމުން ގެންދާ މައްސަލަ ތަކެއް ކަމަށް އޭސީސީން ވިދާޅުވެއްޖެ އެވެ.
މި މައްސަލާގައި ހަވީރު ނޫހުގައި އޭސީސީގެ ނައިބު ރައީސް މުޢައްވިޒް ރަޝީދު ވިދާޅުވެފައި ވަނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތައް ބަލާނެ ކަމަށާއި، އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް މައްސަލަތަކަކީ މި އަހަރުގެ މެއި މަހު ބަލަން ފެށި މައްސަލަތަކެއް ކަމަށެވެ.
އެހެން ނަމަވެސް އެ މައްސަލަތައް އޮޑިޓަ ޖެނެރަލް އޮފީހުން ބަލަން ފެށުމުން، އޭސީސީގެ ތަހްގީގު މަޑުޖައްސާލި ކަމަށާއި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓާއި އެކު ކުރިން ފާހަގަ ނުކުރެވި ހުރި އިތުރު ބައެއް މައްސަލަ ތައްވެސް މިހާރު ފާހަގަ ކުރެވިފައި ވާކަމަށް އޭސީސީން ވިދާޅުވި އެވެ.
އެހެން ކަމުން މައްސަލަ ތަކުގެ މި ތަހްގީގު ވެސް ލަސްތަކެއް ނުވެ ފައްޓަވާނެ ކަމަށާއި، މައްސަލަތައް ބަލައި ނިމުމުން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު ވެސް އަޅުއްވާނެ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...