ގެވެށި އަނިޔާ: އަޅާނުލައި ދޫކޮށްލެވޭވަރަށްވުރެ ނުރައްކާތެރި ކަމެއް!

ގެވެށި އަނިޔާ: އަޅާނުލައި ދޫކޮށްލެވޭވަރަށްވުރެ ނުރައްކާތެރި ކަމެއް!
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 4 މިނިޓް

ލިޔުއްވީ: ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިސްމާޢީލް ޢަލީ

ގޭބިސީ އެއްގެ ތެރޭގައި އެކަކު އަނެކަކަށް ނަފްސާނީގޮތުންނާއި، ޖިސްމާނީގޮތުން ދެވޭ ކޮންމެ ނިކަމެތިކަމަކީ ގެވެށި އަނިޔާއެކެވެ. މިފަދަ ކޮންމެ ޢަމަލަކީ އޭގެ އެންމެ ފުންމިނަށް ވާސިލްވެއްޖެނަމަ އެފަދަ ކޮންމެ ޢަމަލެއްގައި ޖިނާޢީކުށްތަކެއް ހިމެނޭނެ މައްސަލަތަކަކަށް ނޫނީ ނުވާނެއެވެ. ޢާއިލާއެއްގެ ތެރޭގައި ނުވަތަ ދިރި އުޅޭ މާޙައުލެއްގައި މީހަކަށް ނުވަތަ ބަޔަކަށް ހިންހަމަޖެހުމެއް ނުބިބޭފަދަގޮތަކަށް، ކުއްޖަކު ނުވަތަ މީހަކަށް ބުނެދީގެން ފުރައްސާރަކޮށް ދިމާކުރުމީވެސް ނަފްސާނީގޮތުން ގެވެށި އަނިޔާ ކުރުމޭވެސް ބުނެވިދާނެއެވެ. ގޭތެރޭގައި ބަސްމޮށުންތެރިކަން ބަހައްޓާގޮތާއި، އަނިޔާ ކުރުމާއި، ބިރުދެއްކުމާއި، ބާރުގެ ބޭނުން ކުރުމުގެ ގޮތުން ކުރެވޭ ކޮންމެ ކަމެއް ހިމެނިގެން ދާނެއެވެ.

ގެވެށި އަނިޔާގެ ތެރޭގައި، ޢާއިލާ އެއްގެތެރޭގައި ނުވަތަ ގޭގައި އުޅޭ އެއްބަޔަކު އަނެއް ބަޔަކާއި ދެމެދު ހިނގާ ކުރިމަތިލުންތަކާއި، ޖިންސީ ހާނިއްކަ އާއި ޖިސްމާނީ ހާނިއްކަ ކުރުމާއި، އަދި ނަފްސާނީ ގޮތުން ހިތުގައި ބިރުވެރިކަން އަށަގެންނެވުމާއި ކުރީގެ ލޯބިވެރިންގެ ފަރާތުން ލިބޭ އެކިއެކި އަނިޔާތަކާއި، އަނބި މީހާއާއި، ފިރިންގެ ފަރާތުން ކުރެވޭ އަނިޔާވެސް ހިމެނިގެންދެއެވެ. މީގެއިތުރުން ބިރުދެއްކުމާއި، އުމުރުން ދުވަސްވެފައިވާ މައިންބަފައިންނަށް އިޙުމާލުވެ، އެ ފަދަ ފަރާތްތަކަށް ކުރެވޭ ހާނިއްކަ ނުވަތަ އަނިޔާ ތަކާއި، ކުޑަކުދިންނަށް އެކުދިންގެ ބަލަދުވެރިންގެ ފަރާތުން ލިބޭ އަނިޔާ އާއި، މައިންބަފައިންނާއި ދަރިންނާއި ދެމެދު ޖެހޭ މައްސަލަތަކުގެ ތެރެއިން އުފެދޭ ހަމަނުޖެހުންތަކުގެ ސަބަބުން ގުޅުން ހީނަރުވެ ލިބޭ އެކި ބާވަތުގެ އަނިޔާތައްވެސް ހިމެނިގެންދާނީ ގެވެށި އަނިޔާގެ ތެރޭގައެވެ.

ގެވެށި އަނިޔާގެ ސަބަބުން ޢާއިލާތައް ރޫޅި ދިރިއުޅުން ވިއްސި ވިހާލިވެގެންދާ މަންޒަރު ތަކަކީ މުޖުތަމަޢުން ފެންނަ މުންދާ ވަރަށް ހިތާމަވެރި މަންޒަރުތަކެކެވެ. އެކަމާ އަޅާ ނުލައި ދޫކޮށްލެވޭ ވަރަށްވުރެ ސީރިއަސް ކަންކަމެވެ. މުޖުތަމަޢު ހޭލުންތެރިކޮށްދޭންޖެހޭ ވަރަށް މުހިއްމު ކަމެއްވެސް މެއެވެ.

ގެވެށި އަނިޔާގެ ގޮތުގައި ޖިސްމާނީ ހާނިއްކަ ކުރުމަކީ މީހެއްގެ ފަރާތުން އަނެކާގެ ފުރާނައަށް ނުވަތަ ޖިސްމާނީ ސިއްޙަތަށް ގެއްލުން ކުރުމެވެ. މީހެއްގެ ޖިސްމާނީ ސިއްޙަތަށް ގެއްލުން ލިބިދާނެ ފަދަ ޢަމަލެއް ހިންގުމެވެ. މިފަދަ އަނިޔާއެއް ގަސްދުގައި މީހަކަށް ދިނުން ނުވަތަ ހަރުކަށި ޢަދަބެއް ދިނުމުގެ ތެރޭގައި ގެއްލުން ލިބުން ނޫންނަމަ ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހަކާމެދު އިޙުމާލުވުމުގެ ސަބަބުން އިންސާނީ ޖިސްމަށް ގެއްލުން ލިބުންވެސް ގެވެށި އަނިޔާގެ ތެރޭގައި ހިމެނިގެން ދެއެވެ.

ޖިންސީ ހާނިއްކަ ކުރުމަކީ ގެވެށި އަނިޔާގެ ޤާނޫނުން ފިޔަވަޅު އެޅޭކަމެކެވެ. ޖިންސީ ހާނިއްކަ އަކީ މީހަކު އޭނާގެ ބާރާއި ނުފޫޒު ބޭނުން ކޮށްގެން ނުވަތަ ބާރުގެ ބޭނުން ކޮށްގެން ޖިންސީ ކަންކަމުގައި އިންސާނީ ޖިސްމަށް ސީދާގޮތުންނާއި ނުސީދާގޮތުން ގެއްލުން ދިނުމެވެ. އިންސާނީ ޖިސްމަށް އަނިޔާކުރުމުގެ މަޤްސަދުގައި ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން ކުރާ ކޮންމެ ކަމެއްގެ ސަބަބަބުން ހަށިގަނޑުގެ އެތެރަށް ލިބޭ ގެއްލުމާއި، ބޭރަށް ލިބޭ ކޮންމެ ގެއްލުމަކީ ގެވެށި އަނިޔާއެކެވެ. ކުޑަކުދިންނާއި ބޮޑެތިމީހުން އޮޅުވާލައި، ހައްލުވާލައިގެން، ނުވަތަ ގަދަކަމުން ޖިންސީ ކަންކަމުގައި މަސްއޫލު ކުރުވުމާއެކު ޖިންސީ ގުޅުން ހިންގުމަކީވެސް ގެވެށި އަނިޔާއެކެވެ.

ގެވެށި އަނިޔާގެ ގޮތުގައި ބެލެވޭ، ނަފްސާނީ ހާނިއްކަ ކުރުމަކީ ނަފްސާނީ ގޮތުން ކުޑަކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް ގެއްލުން ލިބިދާނެ ފަދަ ގޮތަކަށް މީހަކާއި މެދު ކަންތައްތައް ކުރުމާއި، މުޢާމަލާތް ކުރުމެވެ. ނުވަތަ ނަފްސާނީގޮތުން ގެއްލުން ލިބިދާނެފަދަ މަންޒަރު ދެއްކުމާއި، އެފަދަ ލިޔުންތަކާއި ކުރެހުންތަށް ދެއްކުމާއި، ބިރުވެރި ވާހަކަ ކިޔައި ދިނުމާއި، ބައްޔެއްގެ ސަބަބުން އަސަރުކުރާނެ ކަންތައްތަކުގައި ސީދަގޮތުންނާއި ނުސީދާގޮތުން ޝާމީލް ކުރުމާއި، ހަނގާ ކުރުމެވެ. މިފަދަ ކަމެއްގެ ސަބަބުން ނަފްސަށް ކުރާ އަސަރު ވަރަށް ބޮޑުވެގެންދާކަން ފާހަގަކުރެވެއެވެ.

ނަފްސާނީ ގޮތުން ހަށިގަނޑަށް އަންނަ ބަދަލާއި، އުޅުމާއި އަޚުލާޤަށް އަންނަ ބަދަލުތަކުގެ ސަބަބުން މީހާ މާޔޫސްވެ މޮޔަވެދެއެވެ. ދިރިހުރުމުގެ އުންމީދު ކެނޑި، ދުނިޔެ މަތިން ފޫހިވުމާއި ނަފްސާނީ ގޮތުން ބަލިކަށި މީހަކަށްވެ ގޮތްހުސްވުމުގެ ސަބަބުން އަތުން ފައިން ކުރެވޭ ނުކުރުވޭ ކަމެއް ނޭނގި ގޯސް ހަދައެވެ. މައިން ބަފައިންގެ އަޅާލުން ކުޑަވުމުގެ ސަބަބުން ކުޑަކުދިން މަގުއޮޅި ޖިސްމާނީގޮތުންނާއި، ނަފްސާނީގޮތުން ބަލިކަށިވާކަން ފާހަގަކުރެވެއެވެ. އަމިއްލަ ނަފްސަށް އިތުބާރުނުކުރެވޭ ހިސާބަށް ކަންތައް ދިއުމުން ކޮންމެވެސް މީހެއްގެ ނުވަތަ ކުށްޖެއްގެ ނުފޫޒްގެ ބާރުދަށުވެއެވެ. މިފަދަ މީހުނާއި ކުދިން ކޮންޓްރޯލް ކުރާ ވަކިބަޔަކުގެ ސަބަބުން އެފަދަ ކުދިންނާއި މީހުން މާޔޫސްކަންމަތީ ފުން ހިތާމައިގައި އުޅެންޖެހޭކަން ފާހަގަކުރެވިފައިވެއެވެ.

ގެވެށި އަނިޔާއަކީ ހަޤީޤަތުގައިވެސް އަންހެނުންނާއި ކުރިމަތިވާ އަދި ބައެއް ފަހަރު މަދުން ނަމަވެސް ފިރިހެނުންނަށް ކުރިމަތިވާ އަނިޔާއެކެވެ. އަނބި މީހާގެ ނުފޫޒުގެ ބާރުގަދަކަމުން އަނބި ދަށުވެފައިވާ ފިރިހެނުން މާޔޫސްކަންމަތީ އުޅޭކަން ފާހަގަކުރެވެއެވެ. މިފަދަ ފިރިހެނުނާއި ދިމާއަށް ކުދި ކިއުމާއި، ހިތުގައި ޖެހޭފަދަ އެތައްކަމެއް ކުރާކަން މިއަދުގެ މުޖުތަމަޢުން ފެންނަމުންދާ ކަންކަމުން ހެކިދެއެވެ. ގެވެށި އަނިޔާގެ ސަބަބުން އަމިއްލައަށް މަރުވާ އަންހެނުންގެ ޢަދަދު ގިނަވުމުގެ ސަބަބުން އެކަން ދުނިޔޭގެ ސަމާލުކަމަށް ގެނެވިފައިވާކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި ގެވެށި އަނިޔާގެ ސަބަބުން މީހާ ޑިޕްރެސް ވާތަންވެސް އާދެއެވެ. މީގެ އިތުރުން އޭނާގެ ސިކުނޑިއަށް ގެއްލުންވެ ހަނދާން ނެތޭ ގޮތް ވެދެއެވެ.

ގެވެށި އަނިޔާ އަކީ ހަމައެކަނި ޖިސްމާނީ ހާނިއްކައެއް ނުވަތަ އަނިޔާއެއް ނޫނެވެ. ނަފްސާނީ ގޮތުންވެސް ކުރެވޭ އަނިޔާއެކެވެ. އިންސާނާއަށް ކުރެވޭ ޖިސްމާނީ، ނަފްސާނީ އަނިޔާއެއްގެ ސަބަބުން އިންސާނާގެ ނަފްސަށް، އަދި އޭނާގެ ދިރިއުޅުމަށް އަންނަ ކޮންމެ ބަދަލަކާއި ގުޅިގެން މުޅި އާއިލާއަށް ބޮޑެތި ގެއްލުންތަކާއި، ހިތްދަތިކަމާއި، ވޭނާއި ހިތާމަ ކުރިމަތި ކުރުވާކަން ފާހަކަކުރެވެއެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.