ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ބުރުނާއީއަށް ފުރާވަޑައިގަންނަވައިފި

ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ބުރުނާއީއަށް ފުރާވަޑައިގަންނަވައިފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

އޭޝިއާ ފެސިފިކް ޗީފް އޮފް ޑިފެންސް ކޮންފަރެންސް (ޗޮޑް) ގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ބުރުނާއީއަށް ފުރާ ވަޑައިގަންނަވައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އޭޝިއާ ފެސިފިކް ސަރަހައްދު ޤައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ މިކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރުނާއީގެ ދާރުއްސަލާމްގައި މިމަހުގެ 3 އިން 6 އަށް ކަމަށެވެ.

މިކޮންފަރެންސްގައި ސަރަހައްދީ ޤައުމުތަކުގެ ސަލަމާތާ ރައްކާތެރިކަމާއި ގުޅޭ ގޮތުން ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި މަޝްވަރާ ކުރެވޭނެ ކަމަށާއި މިކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް ތަޤްރީރު ކުރެއްވުމަށްވަނީ ހަމަޖެހިފައި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

ޗީފް އޮފް ޑިފެންސް ފޯސް ބުރުނާއީއަށް ފުރާ ވަޑައިގަތުމަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް އަލްވަދާޢު ވިދާޅުވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު މުޙައްމަދާއި ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑީއާ ޖެނެރަލް އަޙްމަދު ޝާހިދެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.