ހަނގުރާމައިގައި ޔަހޫދީން ބަލިވުމުން ޙަމާސްގެ ކިބައިން ސީސީ ބަދަލު ހިފަނީ

ހަނގުރާމައިގައި ޔަހޫދީން ބަލިވުމުން ޙަމާސްގެ ކިބައިން ސީސީ ބަދަލު ހިފަނީ
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ނިމިގެންދިޔަ ޣައްޒާ ހަނގުރާމައިގައި ޔަހޫދީން ބަލިވުމުން ޙަމާސްގެ ކިބައިން ޔަހޫދީންގެ އެޖެންޓެއް ކަމަށް ބެލެވޭ މިސުރުގެ ބާޣީ ރައީސް އައް ސީސީ ބަދަލު ހިފަން ފަށައިފި އެވެ.

މިސުރުގެ އެތެރޭގައި މިސުރު ސިފައިންނަށްދިން ޙަމަލާތައް އައީ ޣައްޒާ އާއި ގުޅޭ ސަރަޙައްދީ ރޮނގުގެ ސަބަބުން ކަމަށްބުނެ ޣައްޒާ އަށް ސިއްރުން ކާބޯ ތަކެއްޗާއި ހަތިޔާރު އެތެރެ ކުރަން ބޭނުންކުރާ ބިންގަރާސް މަގުތައް ޔަހޫދީންނަށްޓަކާ ހަލާކު ކޮށްލައި ދިނުމަށް ސީސީ ހިންގާ މި ޖަރީމާގައި ޣައްޒަގެ ސަރަޙައްދީ ރޮނގު ކައިރީ ދިރިއުޅޭ މިސުރު ރައްޔިތުން އެހެން ތަންތަނަށް ދިޔުމަށް ބާޣީ ސަރުކާރުން ވަނީ 24 ގަޑިއިރުގެ ކުރު މުހުލަތެއް ދީފައެވެ.

'މިސުރުގެ ބާޣީސަރުކާރުން ބުނެފައި ވަނީ ޢާޢްމުން ސަރަޙައްދީ ރޮނގުކައިރިން ދުރަށް ދިޔުމުން މި ސަރަޙައްދުގައިވާ ހުރިހާ ގެއެއް ތަޅާ ސުންނާފަތި ކޮށްލާނެ ކަމަށާއި، އެ ސަރަޙައްދު ދެން ބާއްވާނީ ހަނަފަސް ގްރީން ޒޯނެއްގެ ގޮތުގައި ކަމަށެވެ.

ސީސީގެ ބޭނުމަކީ ޔަހޫދީން އެދޭގޮތަށް މި ސަރަޙައްދުގެ ބައެއް ގޭގެއިން ވަދެވޭ ގޮތަށް ޣައްޒާ އާއި ދެމެދު ހަދާފައިވާ ބިންގަރާސް މަގުތައް ޔަހޫދީންނަށްޓަކާ ފުނޑުފުނޑު ކޮށްލައިދިނުން ކަމަށާއި، މިސުރުގެ އެތެރޭގައި ދިން ޙަމަލާ އަކީ މިކަމަށް މަގުފަހި ކުރުމަށް ދިން ޙަމަލާއެއް ކަމަށް މުރާސިލުން ތުހުމަތު ކުރެއެވެ.

މިސުރުގެ އިންތިޚާބީ ސަރުކާރު ވައްޓާލައި ބަޣާވާތަކުން ވެރިކަމަށް އަރާ ހުންނެވި ސީސީ މީގެ ކުރިންވެސް ވަނީ ޔަހޫދީން އެދިގެން ޣައްޒާއަށް ސިއްރުން ކާބޯ ތަކެއްޗާއި ހަތިޔާރު އެތެރެ ކުރުމަށް ބޭނުންކުރާ ބިންގަރާސް މަގުތައް ހަލާކު ކޮށްފައެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.