ރާއްޖޭގެ ޚަބަރު ޝަހުމް ހޯދަން ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ސިފައިންނަށް ދީފި

ޝަހުމް ހޯދަން ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ސިފައިންނަށް ދީފި

ޝަހުމް ހޯދަން ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ސިފައިންނަށް ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަލުން ފިލާފައިވާ ނުރައްކާތެރި ޤައިދީ ޝަހުމް ހޯދަން ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ސިފައިންނަށް ދީފިއެވެ.

މިކަން ވަނީ ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރުވެސް ޔަޤީން ކޮށްދެއްވާފައެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ސިފައިން ފުލުހުންނާއިއެކު ޝަހުމް ހޯދަން ނިކުންނަނީ ފުލުހުންގެ ގާނޫނުގައި ހޯމް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ފުލުހުން ސިފައިންގެ އެހީތެރިކަމަށް އެދުމާއި ގުޅިގެން ކަމަށެވެ.

ޝަހުމްއަކީ ނުރައްކާތެރި ކުށްވެރިއެއް ކަމަށާއި އޭނާ ހޯދުމަށް ފުލުހުންނާއިއެކު ސިފަިއން ނިކުންނައިރު، ސިފައިން ތިބޭނީ ފުލުހުންގެ ފަހަތުގައި ކަމަށާޢި ނުރައްކާވެއްޖެ ހާލަތެއްގައި ސިފައިން ހަތިޔާރު ބޭނުންކުރާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ވިދާޅުވީ ޝަހުމް ހޯދުމަށް ފުލުހުން ހިންގާ އޮޕަރޭޝަންގައި ފުލުހުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސިފައިން ދޭނެ ކަމަށާއި ބަޑި ޖަހަން ޖެހިއްޖެ ހާލަތެއްގައި ބަޑިވެސް ޖަހާނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.