ރާއްޖޭގެ ޚަބަރު އިސްލާމިކް މިނިސްޓަރުގެ އިންޒާރެއް ހަރުކަށި މީހުންނާއި ދީނާ ދެކޮޅު ފަރާތްތަކަށް!

އިސްލާމިކް މިނިސްޓަރުގެ އިންޒާރެއް ހަރުކަށި މީހުންނާއި ދީނާ ދެކޮޅު ފަރާތްތަކަށް!

އިސްލާމިކް މިނިސްޓަރުގެ އިންޒާރެއް ހަރުކަށި މީހުންނާއި ދީނާ ދެކޮޅު ފަރާތްތަކަށް!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ދީނީ ގޮތުން ހަރުކަށިވެގެން އުޅޭ މީހުންނާއި، އިސްލާމްދީނާއި ދެކޮޅަށް ހަރަކާތްތަށް ހިންގާ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅުއެޅުމަށް ތައްޔާރު ވަމުން އަންނަކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ވިދާޅުވީ، ވަކިން ޖަމައަތް ހަދައިގެން ނަމާދު ކުރާ މީހުންނާއި، އިސްލާމްދީނުގެ ކަންކަމަށް ކާޓޫން ކުރަހައި ފުރައްސާރަ ކުރާ ފަރާތްތަކަށް ނަސޭހަތްތެރި ވުމަށް ދިނީ އިލްމުވެރިން މެދުވެރިކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެހެން ނަމަވެސް ބައެއް ފަރާތްތަކުން އިސްލާމިކް މިނިސްޓްރީއަށް ހާޒިރުވާން އެންގުމުން އެކަމާއި ދެކޮޅުހަދަމުން ގެންދާކަމަށާއި، އެފަދަ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ހޯމް މިނިސްޓްރީއާއި ފުލުހުނާއި ކަމާގުޅުންހުރި އެހެން ވުޒާރާތަކާއެކު އިސްލާމިކް މިނިސްޓްރީން މިހާރު މަޝްވަރާ ކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑރ ޝަހީމް ވިދާޅުވީ، ރާއްޖޭގައި ދިނީ އަޅުކަންތައް ކުރިޔަށްދަނީ ކީރިތި ގުރުއާނާއި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތާއި އެއްގޮތަށް ކަމަށާއި، އެނޫން ގޮތަށް ކަމަށް ދެކިގެން އުޅޭ ފަރާތްތަކަކީ ދީނީ ތައުލީމު ނެތް ބައެއްކަމުން އެފަރާތްތަކަށް އެފުރުސަތު ނުދެއްވާނެ ކަމަށެވެ.

ރާއްޖޭގައި ދީނީ ގޮތުން ފިތުނަ އުފައްދައި، ބައިބައިވުން އުފައްދައި އެހެން ގައުމުތައް ހަލާކުވެގެން ދިޔަގޮތައް ރާއްޖެ ހަލާކުވެގެންދިޔުމަށް ރާއްޖޭގައިތިބި ހަރުދަނާ މީހުން ފުރުސަތު ނުދޭނެ ކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

އަދި މިފަދަ ގޮތަކަށް ބައެއްފަރާތްތަކުން އަމަލު ކުރުމަކީ އެއްވެސް އިސްލާމީގައުމެއްގައި ފުރުސަތުދެވޭނެކަމެއް ނޫންކަމަށާއި، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކުގައި އޮންނަ ރަނގަޅު އުސޫލުތަކުން ބޭރުވާ މީހުންނާއި ދޭތެރޭ ޤާނޫނީ ފިޔަވަޅު އަޅަމުންގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.