ރާއްޖޭގެ ޚަބަރު ޑރ ޝަހީމް ތުރުކީއާއި ޤަތަރުގެ އެންމެ އިސް ވެރިންނާއި ބައްދަލު ކުރައްވައިފި

ޑރ ޝަހީމް ތުރުކީއާއި ޤަތަރުގެ އެންމެ އިސް ވެރިންނާއި ބައްދަލު ކުރައްވައިފި

ޑރ ޝަހީމް ތުރުކީއާއި ޤަތަރުގެ އެންމެ އިސް ވެރިންނާއި ބައްދަލު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ތުރުކީއާއި ޤަތަރުގެ އެންމެ އިސް ވެރިންނާއި ބައްދަލު ކުރައްވައިފިއެވެ.

މި ޤައުމު ތަކުގެ އެންމެ އިސް ވެރިންނާއި އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ބައްދަލު ކުރައްވާފައި ވަނީ ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު ޢުރުދުޣާން މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އަރިމަތިންނެވެ.

ޑރ ޝަހީމް ޤަޠަރުގެ ވަލީޢަހުދު ޙަމަދު ބިން ޚަލީފާ އާލް ޘާނީއާއި ސަލާމް ކުރައްވަނީ

ޑރ ޝަހީމް ޤަޠަރުގެ ވަލީޢަހުދު ޙަމަދު ބިން ޚަލީފާ އާލް ޘާނީއާއި ސަލާމް ކުރައްވަނީ

މި ރަސްމިއްޔާތުގެ އަރިމަތިން ޑރ ޝަހީމް ވަނީ ޤަޠަރުގެ ޢަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލްޘާނީގެ އިތުރުން ތުރުކީގެ އާ ބޮޑުވަޒީރު އަޙްމަދު ދާވުތުﷲ އާއި، ފަލަސްޠީނުގެ ޚާރިޖީ ވަޒީރާއި ވެސް ބައްދަލު ކުރައްވާފައެވެ.

ޑރ ޝަހީމް ތުރުކީގެ އާ ބޮޑުވަޒީރާއި ސަލާމް ކުރައްވަނީ

ޑރ ޝަހީމް ތުރުކީގެ އާ ބޮޑުވަޒީރާއި ސަލާމް ކުރައްވަނީ

މި ރަސްމިއްޔާތުގައި ދިވެހި ރާއްޖެއިން ފަލަސްޠީނުގެ މައްސަލާގައި ގެންގުޅުއްވާ ސާބިތު ސިޔާސަތާއި މެދު ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމުގައި ޤަޠަރާއި ފަލަސްޠީނުގެ ވެރިން ވިދާޅުވެފައި ވާކަމަށް ޑރ ޝަހީމް މަޢުލޫމާތު ދެއްވިއެވެ.

ޑރ ޝަހީމް ފަލަސްޠީ ނުގެ ޚާރިޖީ ވަޒީރާއި ސަލާމް ކުރައްވަނީ

ޑރ ޝަހީމް ފަލަސްޠީ ނުގެ ޚާރިޖީ ވަޒީރާއި ސަލާމް ކުރައްވަނީ

އަދި ފަލަސްޠީނުގެ ޚާރިޖީ ވަޒީރާއި އެ ޤައުމުގެ ރައްޔިތުންގެ ހެޔޮ އެދުންތައް ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ދިވެހި ރައްޔިތުންނަށް އަރިސް ކޮށްފައި ވާކަމަށް ވެސް ޑރ ޝަހީމް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.