ރާއްޖޭގެ ޚަބަރު ޓްރެފިކް ނިޝާންތަކާއި ޚިލާފަށް ދުއްވާ ބައިސްކަލާއި ޓްރޮލީ އާއި ބަރޯއާއި ގާޑިޔަލަށް ފިޔަވަޅު އަޅަނީ؟

ޓްރެފިކް ނިޝާންތަކާއި ޚިލާފަށް ދުއްވާ ބައިސްކަލާއި ޓްރޮލީ އާއި ބަރޯއާއި ގާޑިޔަލަށް ފިޔަވަޅު އަޅަނީ؟

ޓްރެފިކް ނިޝާންތަކާއި ޚިލާފަށް ދުއްވާ ބައިސްކަލާއި ޓްރޮލީ އާއި ބަރޯއާއި ގާޑިޔަލަށް ފިޔަވަޅު އަޅަނީ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޓްރެފިކު ނިޝާންތަކާއި ޚިލާފަށް ބައިސްކަލާއި، ދަމާގާޑިޔަލާއި، ވީލްބަރޯ އަދި ޓްރޮލީފަދަ އުޅަނދުތައް ދުއްވާ ފަރާތްތައް ހުއްޓުވައި ޤާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޓްރެފިކު ނިޝާންތަކާއި ޚިލާފަށް ދުއްވާނަމަ ފިޔަވަޅުއަޅައި ޖޫރިމަނާކުރަމުން ގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ނިންމާފައިމިވަނީ މަގުމަތި އަމާންކޮށް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތް އިތުރުކޮށް، މަގުމައްޗަކީ އެންމެންނަށްވެސް ސަލާމަތާއި ރައްކާތެރިކަން ލިބިގެންވާ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ފުލުސް އޮފީހުން ވިދާޅުވެފައި ވެއެވެ.

އެގޮތުން އެއްގަމު ދަތުރު ފަތުރުގެ ޤާނުނު 2009/5 ގެ67 ވަނަ މާއްދާގެ (ވ) އަދި 52 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ބައިސްކަލާއި ދަމާގާޑިޔާ، ވީލްބަރޯ، ޓްރޮލީފަދަ އުޅަނދުތައް ބޭނުންކުރުމުގައި ޓްރެފިކު ނިޝާންތަކާ ޚިލާފަށް ޢަމަލުކުރާނަމަ ޤާނޫނާއި ޤަވާއިދުތަކުގައި ބަޔާން ކުރެވިގެންވާ ގޮތަށް ޖޫރިމަނާކޮށް ފިޔަވަޅު އަޅަމުން ގެންދިއުމަށް ޓްރެފިކު ފުލުހުން ނިންމީ މިފަދަ އުޅަނދުތައް ޓްރެފިކު ނިޝާންތަކާ ޚިލާފަށް ދުއްވުމުގެ ނުވަތަ އެފަދަ ތަކެތި ގެންދިއުމުގެ ސަބަބުން މަގުތަކުގެ ކާރުބާރު ބޮޑުވުމާއި، ހިނގާ މީހުންނަށާއި އެއްގަމުގައި ދުއްވާ އުޅަނދު ތަކަށް ދަތިތަކެއް ފޯރައި، އެފަދަ ގިނަ ޝަކުވާތައް ޓްރެފިކު ފުލުހުންނަށް ހުށްހެޅެމުންދާތީ ކަމަށްވެސް ފުލުސް އޮފީހުން ހާމަކުރައްވައެވެ.

އަދި މިގޮތަށް ނިންމެވީ އެއްކޮޅަށް ދުއްވާމަގުތަކުގައި އެއާއި ޚިލާފަށް މިފަދަ އުޅަނދުތައް ދުއްވުމުގެ ސަބަބުން ނުވަތަ ގެންދިއުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި މީހުންނަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ލިބެމުންދާތީ ކަމަށް ވެސް ފުލުސް އޮފީހުން ވިދާޅިުވިއެވެ.

މީގެ އިތުރުން އެއްގަމު ދަތުރު ފަތުރުގެ ޤާނުނު 2009/5 ގެ 6 ވަނަ މާއްދާއާއި، 8 ވަނަ މާއްދާ އަދި އެއްގަމު ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ޓްރެފިކު ނިޝާންތަކުގެ ޤަވާޢިދުގެ 6 ވަނަމާއްދާގެ (ނ) ގައި ބަޔާންކުރެވިގެންވާ ޖަދުވަލު 3 އަށް ރިޢާޔަތްކޮށް، ދެކޮޅަށް ދުއްވާ މަގުތަކުގައި މެދު ރޮނގު ނުވަތަ ސެންޓަރ ލައިންއާ ޚިލާފަށް ދުއްވާ ފަރާތްތަކާއި، ޓްރެފިކު ލައިޓްތަކަށް މަޑުކޮށްގެން ތިބޭއިރު ސެންޓަރ ލައިންއާ ޚިލާފަށް މަޑުކޮށްގެންތިބޭފަރާތްތަކާއި، ސްކޫލް ސަރަޙައްދުތަކުގައި ޖަހާފައިވާ “ސްޓޮޕް ޗިލްޑްރަން” ބޯޑާ ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ ޤާނޫނާއި ޤަވާއިދުތަކުގައި ބަޔާންކުރެވިގެންވާ ގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް ވެސް ފުލުސް އޮފީހުން ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.