ރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވާފައި މިވަނީ ދިވެހި ރާއްޖޭގައި އިންވެސްޓް ކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނި ތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ ބްލެކްސްޓޯން ކުންފުނީގެ ފަރާތުން ޓްރާންސް މޯލްޑިވިއަން އެއާވޭސްއިން، ޕައިލެޓުން ތަމްރީން ކުރުމަށް ތަޢާރަފްކުރި ސްކޮލަޝިޕް "ޒުވާނާ" ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، އިޤްތިޞާދީގޮތުން ފަތުރުވެރިކަމަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، އިންވެސްޓް ކުރާނެ އެހެން ސިނާޢާތްތައް ތަޢާރަފްކޮށް ތަރައްޤީ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.
އެހެން ކަމުން ރާއްޖޭގެ އެހެން ދާއިރާ ތަކުގައި ވެސް އިންވެސްޓް ކުރަން އަންނަ ބޭރުގެ ކުންފުނި ތަކާއި ފަރާތްތަކަށް މި ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްޥާނެ ކަމުގެ ޔަޤީންކަން ރައީސް ޔާމީން ވަނީ ދެއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...