ދުނިޔެ މޮނާ ލިސާ އަކީ ފިރެހެނެއްކަމަށް އިޓަލީގެ ދިރާސާކުރާ ބަޔަކު ބުނެފި.

މޮނާ ލިސާ އަކީ ފިރެހެނެއްކަމަށް އިޓަލީގެ ދިރާސާކުރާ ބަޔަކު ބުނެފި.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސާލިމް

އިޓަލީގެ ނޭޝަނަލް ކޮމިޓީ ފޯ ކަލްޗަރަލް ހެރިޓޭޖްގެ ޗެއާމަން މިއަދު ހާމަކުރެއްވި ގޮތުގައި، ދުނިޔޭގެ އެންމެ ރީތި ކުރެހުންކަމުގައި ގިނަ ބަޔަކު ބަލަމުން އަންނަ "މޮނާ ލިސާ" ގެ ކުރެހުމަކީ ހަޤީގަތުގައި ފިރެހެނެކެވެ. އަދި އެ ފޮޓާގައި އެވަނީ، މި މަޝްހޫރު ކުރެހުން، ކުރެހި ލިއޮނާޑޯ ޑާވިންސީ ގާތުގައި، ކުރަހަން ދަސްކުރުމަށް އުޅުނު ފިރެހެނެއް ކަމުގައިވާ، ސަލައި ނަމަކަށްކިޔުނު ފިރެހެނެއްގެ ފޮޓޯކަމަށެވެ.

އިޓަލީގެ ދިރާސާކުރާ ބަޔަކު މިހެން ބުނި ނަމަވެސް، މޮނާ ލިސާގެ އަސްލު ފޮޓޯ ބަހަށްޓާފައި ހުރި، ޕެރިހުގައި ހުންނަ ލޯވާ ދާރުލް އާސާރުން އެކަންވަނީ ދޮގުކޮށްފައެވެ. ނަމަވެސް އިޓަލީގެ ނޭޝަނަލް ހެރިޓޭޖްގެ ޗެއާމަން، ވިންސެއްޓީ ބުނެފައިވަނީ، ލިނާޑޯ ޑާވިންސީގެ މަޝްހޫރު ހުރިހާކުރެހުންތަކެއްގައިވެސް މޮނާ ލިސާގެ އަނގަޔާއި، ނޭފަތް އެތްގޮތްކަމަށެވެ. އަދި މިހުރިހާ ކުރެހުމެއް ކުރެހުމުގައިވެސް މޮޑެލަކަށް ބަލާފައިވަނީ ޑާވިންސީ ގާތުގައި އުޅުނު ސަލައި ކަމަށްބެލެވޭ ކަމަށެވެ. މީގެ އިތުރުންވެސް ޗެއާމަން އިތުރަށް ވިދާޅުވެފައިވަނީ، މޮނާލިސާގެ އެއްލޮލުގައި އެލް އަކުރެއް އިންނަ ކަމަށެވެ. އަދި އަނެއް ލޮލުގައި އެސް އަކުރެއް އިންނަ ކަމަޝެވެ. އަދި އެއިން ރަމްޒުކޮށްދެނީ، ލިއޮނާޑޯ ޑާވިންސިއާއި، ސަލައިގެ ގުޅުންކަމަށެވެ.

ޗެއާމަންގެ ވާހަކަތައް ދޮގުކުރަމުން، ލޯވާ ދާރުލް އާސާރުން ހާމަކުރެއްވި ގޮތުގައި، އެ ކުރެހުން ބޭނުންކޮށްގެން، ހެދެން ހުރި ހުރިހާ ލެބޯރެޓަރީ ޓެސްޓެއް ހަދާފައިވާކަމަށާއި، އަދި އެއީ ފިރެހެނެއްގެ ކުރެހުން ނޫންކަމަށެވެ. އަދި 2004 ގަ އާއި، 2009 ވަނަ އަހަރު ކުރެވުނު ދިރާސާތަކުންވެސް އެއްވެސް އަކުރެއް، މޮނާލިސާގެ ކުރެހުމުން ފެންނަން ނެތްކަމަށް ހާމަކުރެއްވިއެވެ. އަދި، އިޓަލީގެ ދިރާސާކުރާމީހުން އެ ނިންމުން ނިންމި އިރު މޮނާ ލިސާގެ އަސްލު ފޮޓޮއާ ަހަމައަށް އައިސްފައި ނުވާކަމަށްވެސް ދާރުލް އާސާރުގެފަރާތުން ވަނީ ހާމަކޮށްފައެވެ.

ޓެގް

ޔޫރަޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.